ވިޔަފާރި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް: މަގުބޫލު ބްރޭންޑްތައް އިތުބާރު ހޯދައިފި

Oct 5, 2016
1

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް މީހުން އާއްމުކޮށް ދަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ އިތުބާރު ކުރާތީ އެވެ. އެ ތަނުގައި ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑްތައް ވިއްކަ އެވެ.

"ވަކި އެއްޗެއް ނެތް. ހުރިހާ އުފެއްދުމަކަށްވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބެމުންދޭ،" އެސްޓީއޯ ހޯމްއިމްޕްރޫމަންޓުގެ ބްރޭންޑް މެނޭޖަރު އައިޝަތު ޝުރުފާ ވިދާޅުވި އެވެ.

އެއް ފުރާޅެއްގެ ދަށުން ހުރިހާ އެއްޗެއް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ހުރީ އެންމެން ދަންނަ ބްރޭންޑްތަކެވެ. މިގޮތުން ހިޓާޗީ އާއި ފިލިޕްސް، މަކިޓާ، ނިޕޯންގެ އިތުރު ސެމްސަންގްވެސް ހިމެނެ އެވެ.

ހިޓާޗީ

އެސްޓީއޯއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑް ހިޓާޗީގެ ރާއްޖޭގެ ސޯލް ޑިސްޓިބިއުޓަރެވެ. އެތަނުގައި ލިބެންހުރި ހިޓާޗީގެ އުފެއްދުންތަކުގެ ތެރޭގައި އޭޝީ އާއި ރެފްރިޖަރޭޓަރު ދޮންނަ މެޝިނާއި ޕަންޕް ހިމެނެ އެވެ. އެނާޖީ ސޭވިން އޭސީ ވެސް ވިއްކަ އެވެ.

މަކިޓާ ޕަވަ ޓޫލްސް

ހޯމް އިމްޕްރޫވްމަންޓުގައި ވިއްކާ އުފެއްދުންތަކުގެ ތެރޭގައި އެންމެ މަގުބޫލު އެއް ބްރޭންޑަކީ މަކިޓާގެ ޕަވަ ޓޫލްސް އެވެ. މަކިޓާ އިން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މަސައްކަތް ކުރުމަށް ފަސޭހަ އާލަތްތައް ހިމެނެ އެވެ.

ފިލިޕްސް

ފިލިޕްސް މަގުބޫލުވެފައިވަނީ ބަދިގޭ ސާމާނުގެ ބްރޭންޑެއްގެ ގޮތުގަ އެވެ. ފިލިޕްސްގެ "އެއާ ފްރަޔާ" އާއި އިސްތިރި އަދި ހެއާ ޑްރެއާ ހިމެނެ އެވެ. މިބްރޭންޑުގައި ގޭގެ ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެ އެވެ.

ސެމްސަންގް

ސެމްސަންގްއަކީ ތަފާތު ގިނަ އުފެއްދުންތަކެއް ވިއްކާ ބްރޭންޑެވެ. ނަމަވެސް އެސްޓީއޯ އިން ނަގާފައިވަނީ މި ބްރޭންޑުގެ ތެރޭގައި ހިމެނޭ ދިވެހިން އެންމެ މަގުބޫލު ސެމްސަންގް ޓީވީ އާއި ފޯނެވެ. ހޯމް އިމްޕްރޫވްމަންޓުގައި ސެމްސަންގް ޓީވީގެ ގިނަ ސައިޒު ތަކެއް ލިބެން ހުރެ އެވެ.

ނިޕޮން ޕެއިންޓް

ދިވެހިންނަކީ ވަރަށް ގިނަ އިން ގޭގެ ކުލަ ބަދަލު ކޮށްލަން ބޭނުންވާ ބައެކެވެ. އެހެންވެ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ދަނީ ނިޕޮން ޕެއިންޓުގެ ގިނަ ކުލަތަކެއް ފޯރުކޮށްދެމުންނެވެ. އަދި އެ ތަނުގައި ކުލަ ތައްޔާރު ވެސް ކޮށްދެ އެވެ.

ހޯމްއިމްޕްރޫމަންޓުގެ ބްރޭންޑް މެނޭޖަރު ޝުރުފާ ވިދާޅުވީ މި އުފެއްދުންތަކަށް ވޮރެންޓީ ދިނުމަކީ ކަސްޓަމަރުން އެންމެ ހިތްހަމަ ޖެހޭ ކަންތައް ކަމަށެވެ.

"ހިޓާޗީއަށް މި ދެނީ ދޮޅު މަހުގެ ސާވިސް ވޮރެންޓީއެއް. ފިލިޕްސްގެ ބަދިގެ ސާމާނާއި އިސްތިރިއަށް ދެ އަހަރުގެ ވޮރެންޓީ ލިބޭނެ. ޓީވީއަށް އެއް އަހަރުގެ ވޮރެންޓީ ލިބޭނެ. މަކިޓާގެ އުފެއްދުންތަކަށް ހަ މަސް ދުވަހުގެ ވޮރެންޓީ ލިބޭނެ،" ޝުރުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރޭންޑުތަކަށް އޮތް އެންމެ ބޮޑު އިތުބާރަކީ ކޮލިޓީވުން ކަމަށެވެ.

"މާކެޓުގައި ވަރަށް ގިނަ ބްރޭންޑްތައް އެބަހުރި. އެކެމަކު މީގައި އެންމެ ފާހަގަ ކުރެވެނީ މި ޕްރޮޑަކްޓްތަކުގެ ކޮލިޓީ ރަނގަޅުކަން،" ޝުރުފާ ވިދާޅުވި އެވެ.