ހަބަރު

ގެއްލިގެން ހޯދި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ

ތ. ވަންދޫގައި ގެއްލިގެން ހޯދަމުންދިޔަ ދުވަސްވީ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. އެމީހާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ވަލު ތެެރެއިންނެވެެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައިވާ އޮތްވާ ފެނުނީ، 81 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 7:50 ހާއިރު އެވެ. އޭނާ މަރުވެފައި އޮތްވާ ފެނުނީ ނުވައެއް ޖަހާކަށްހާއިރު އެވެ.

އޮފިޝަލް ވިދާޅުވީ، މި ވަގުތަށް އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށާއި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.