ލައިފްސްޓައިލް

ފެޓް ގިނަ ކެއުމަށް ހިތްޖެހެނީ ޖެނެޓިކްސްގެ ސަބަބުން

Oct 7, 2016

މިއީ އިނގިރޭސި ވިލާތުގެ، ދަ ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއެއްގެ ނަތީޖާ އެވެ. މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން، ބައެއް މީހުން، ފަލަވުމުގެ ޒިންމާ ނުވަތަ ފަލަވާ ބާވަތުގެ ކެއުންތަކަށް ހިތްޖެހުމުގެ ޒިންމާ ނަގަން ޖެހެނީ އެމީހުންގެ ޖެނެޓިކްސް އެވެ.

ފަލަވާ ކަމަށް ބުނެވޭ ނުވަތަ ފަލަވުމަށް މެދުވެރިވާ ކަމަށް ބުނެވޭ މި ޖީނަށް ދީފައިވާ ނަމަކީ އެމްސީ4އާރް އެވެ. ދިރާސާގެ ތަޖުރިބާކާރުން ބުނެފައި ވަނީ މި ފަލަވާ މިންވަރަކަށް ކެއުމުގެ އާދަ އޮޅުވާލެވެނީ އުފެދުމުގައި މި ޖީންއަށް ލިބޭ ނުކުޅެދުންތެރިކަމެއްގެ ސަބަބުންނެވެ.

އެމްސީ4އާރްގެ ނަން ދީފައިވާ ޖީން އަކީ ބަނޑުހައިވުމާއި ކެއުމުގެ ފޯރި ކޮންޓްރޯލްކޮށް ކެލޮރީސް އަންދަން ޖެހޭ ގޮތް ވެސް ކޮންޓްރޯލްކުރުމުގެ ބާރު ލިބިފައިވާ ޖީނެކެވެ. ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކުގެ މި ޖީން އުފެދިގެން އަންނަނީ އޭގައި ނުކުޅެދުންތެރިކަމެއް ހުންނަ ގޮތަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމްސީ4އާރް ގެ ޖީން އަކީ އޭގެ އަސްލު ސިފަ ގެއްލިފައިވާ ޖީނެއް ކަމުގައި ވަނީ ނަމަ ކެއުމުގެ މިންވަރުތައް ވަކިގޮތަކަށް ކޮންޓްރޯލްކުރުމަކީ ފަސޭހަވާނޭ ކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ ސައިންސްވެރިންގެ މި ދިރާސާ އާންމުކޮށްފައި ވަނީ "ނޭޗާ ކޮމިއުނިކޭޝަންސް" ޖާނަލްގަ އެވެ.