ދުނިޔެ

އަސްކަރިއްޔާ ދޫކޮށް ޕްރިންސް ހެރީ ޗެރިޓީ މަސައްކަތަށް

ތާލިބާނުންނަށް އޮތް ހިތާމަ އަކީ ހެރީ އަށް ހަމަލާއެއް ދިނުމުގެ ދެ ވަނަ ފުރުސަތެއް އެމީހުންނަށް އަފްޣާނިސްތާނުގެ ހަނގުރާމައިގެ މައިދާނުން ދެން ނުލިބޭނެތީ އެވެ. އަސްކަރިއްޔާގައި އަދާކުރެއްވި ވަޒީފާ ދޫކޮށް ޗެރިޓީގެ މަސައްކަތްތަކަށް ހުސްވެ ވަޑައިގަތުމަށް ހެރީ މި ވަނީ ނިންމަވައިފަ އެވެ.

މި އަހަރުގެ ފަހުކޮޅު އަސްކަރިއްޔާ އިން ވަކިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދެން މަސައްކަތްކުރައްވާނީ ހަނގުރާމައިގެ މައިދާނުގައި އަނިޔާވާ ސިފައިންނަށް އެހީ ފޯރުކޮށްދިނުމުގަ އާއި ވަޒީފާ ނެތް އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ ކެމްޕޭން ހަރަކާތްތަކުގަ އެވެ.

ޕްރިންސް ހެރީ އަކީ އިނގިރޭސި ވިލާތުގެ ތަހުތާ ހަތަރު ވަނަ އަށް އެންމެ ގާތުގައި ހުންނެވި ބޭފުޅާ އެވެ.

ހެރީ އަކީ އަސްކަރިއްޔާގެ ޕައިލެޓެކެވެ. ޕްރިންސް ވިލިއަމް އަކީ ވެސް އަސްކަރިއްޔާގެ މެމްބަރެކެވެ.