ރާއްޖެ ކުޅިވަރު

އެފްއޭއެމް އިންތިހާބު އަންނަ މަހު 20ގައި، ކުރިމަތިލާން ހުޅުވާލައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިހާބު ނޮވެމްބަރު 20ގައި ބާއްވަން ނިންމައި ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަން ކުރަންޖެހޭ އެންމެ ފަހު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަސް ކަމަށެވެ.

އެފްއޭއެމަށް ހޮވާނީ ރައީސާއި ދެ ނާއިބް ރައީސުންނާއި އެކްސްކޯގެ ހަ މެމްބަރުންނެވެ. މީގެ ހަތަރު މަސްކުރިން ބޭއްވި އެފްއޭއެމުގެ އިންތިހާބަށް ފަހު އާ އިންތިހާބެއް މިބާއްވަނީ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާދީ ރައީސް އަހުމަދު ތޯރިގް (ޓޮމް)ގެ މަގާމު ގެއްލުވާލުމުންނެވެ. ނަމަވެސް އާ ރައީސަކު އިންތިހާބު ކުރަންދެން ރަމްޒީގޮތުން މަގާމުގައި ޓޮމް ހުންނާނެ އެވެ. ނަމަވެސް އެއްވެސް ކަމެއްގައި އޭނާގެ ދައުރެއް ނޯންނާނެ އެވެ.

އަސާސީ ގަވާއިދު ބުނާގޮތުން އެކްސްކޯގެ ކޯރަމް ގެއްލޭވަރަށް މެމްބަރުން އިސްތިއުފާދީފިނަމަ އާއިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.