ހަބަރު

ވެސްޓާން ޔޫނިއަން ކައިރިން މީހެއްގެ އަތުން ފޭރިގަންނަން އުޅެފި

Oct 7, 2016

ހެންވޭރު ދަނޑުކައިރިން މަޖީދީ މަގުގައި ހުންނަ، ވެސްޓާން ޔޫނިއަން މާލޭ އޮފީސް ކައިރިން މީހެއްގެ އަތުގައި އޮތް ފޯނެއް ފޭރިގަންނަން އުޅުނު މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއަ އޮފިޝަލް ވިދާޅުވީ، މިރޭ 9:30 ހާއިރު ހެންވޭރު ދަނޑު ކައިރިން މީހެއްގެ އަތުން ފޯނެއް ފޭރިގަންނަން އުޅެނިކޮށް އާންމުންގެ ބަޔަކު ވެގެން އެކަން ހުއްޓުވި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިދިޔަ ހަފްތާ ތެރޭގައިި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ވެސްޓާން ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނުމަށް ފަހު، ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ފިލައިފަ އެވެ.