ވިޔަފާރި

މޯލްޑިވްގޭސް އިން އުނދަގޫތައް ފަސޭހަކޮށްދީފި

Oct 11, 2016
  • ހީލިއަމް ގޭސް ވެސް ތައާރަފު ކޮށްފައިވޭ
  • އަގު 40-50 ޕަސެންޓް ހެޔޮ
  • ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ލިބޭނެ

ފުއްޕާ ހަމަށް ގޭސް އަޅަން އުޅެންޖެހޭ ހާލު އެނގޭނީ އެކަން ކުރާ މީހުން ނަށެވެ. އެ ކަމަށް ވެސް މޯލްޑިވްސް ގޭހުން މިވަނީ ފަސޭހަކަން ގެނެސްދީފަ އެވެ. އެއީ ހީލިއަމް ގޭހުގެ ފުޅި ތަކެއް ރާއްޖެ ގެނެސްގެންނެވެ. އަދި މި ވަރުން ނިމުނީއެއް ނޫނެވެ. އެ ކުންފުނިން މި ވަނީ "ފްރީއޯން" ގެ ހަތަރު ގޭހެއް ވެސް ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ. މީގެ ސަބަބުން ކުރިން އުފުލަން ޖެހުނު ދަތި އުނދަގޫ ފަސޭހަކޮށްދީފި އެވެ.

"މި ފަހަރު އަލަށް ގެނެސްފައިވާ ހަތަރު ގޭހަކީ ގޭގެ އާއި ވެހިކަލްތަކާއި ވިޔަފާރިތަކުގައި ބޭނުންކޮށްލަން ހާއްސަ ގޭސް ފުޅިތަކެއް،" މޯލްޑިވް ގޭހުގެ މެނޭޖަރު- މާކެޓިން އެންޑް ބިޒްނަސް ޑިވްލޮޕްމަންޓް އައިމިނަތު މުހައްމަދު ސައީދު ވިދާޅުވި އެވެ.

މޯލްޑިވްގޭހުގެ ފްރީއޯންގެ ތަފާތަކީ ކޮބާ؟

ރާއްޖޭގެ ބާޒާރުގައި މޯލްޑިވްގޭސް ނޫން އެހެން ފަރާތްތަކުން ވެސް މި ގޭސް ވިއްކަ އެވެ. ނަމަވެސް މޯލްޑިވް ގޭހުން ގެނެސްދިން ފްރީއޯން ގޭހުގެ އެންމެ ބޮޑު ތަފާތަކީ އަގު ހެޔޮވުމެވެ. އާއްމުކޮށް މާކެޓުގެ އަގާ ބަލާއިރު 40-50 ޕަސެންޓް ވަރު ހެޔޮވުމަކީ އެންމެ ބޮޑު ލުޔަށް ހަމަ ޔަގީނުން ވެސް ވާނެ އެވެ.

އެ ކުންފުނިން ތައާރަފުކޮށްފައިވަނީ ފްރީއޯންގެ އެއާކޮންޑިޝަން ޔުނިޓުތަކުގައި ބޭނުންކުރާ ގޭސްތައް ހިމެނެ އެވެ. މީގެތެރޭގައި އުޅަނދު ފަހަރު ފިނިކުރަން ބޭނުންކުރާ ގޭހާއި ގޭގޭގައި ހުންނަ އެއާކޯންތަކުގައި ބޭނުންކުރާ ގޭހުގެ އިތުރުން ހޮޓާ/ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ކޫލާ އާއި ޗިލަރުތަކުގައި ބޭނުންކުރާ ގޭސް ހިމެނެ އެވެ.

މޯލްޑިވްގޭހުގެ މާކެޓިން މެނޭޖަރު އައިމިނަތު ވިދާޅުވީ މި ގޭހަކީ ތަޖުރިބާކާރުންގެ މެދުގައި އެންމެ މަގުބޫލު ގޭސްތައް ކަމަށެވެ.

"މިކަމާ ބެހޭ ބޭފުޅުން ވެސް ރެކޮމެންޑް ކުރައްވާ ފްރީއޯން ރެފްރިޖަރެންޓް ގޭސް މިއީ. އެމެރިކާގެ އުފެއްދުމެއް މިއީ. މި ބްރޭންޑުގެ ގޭހަކީ އެންމެ އިތުބާރު ހިފޭ ބްރޭންޑް މިއީ،" އައިމިނަތު ވިދާޅުވި އެވެ.

މިވަރުން ނިމުނީއެއް ނޫނެވެ. މޯލްޑިވް ގޭހުން މިވަނީ ހީލިއަމް ގޭހުގެ ތިން ސައިޒެއް ވެސް ނެރެފަ އެވެ. މީގެ ބޭނުމަކީ ހަފުލާތައް ޒީނަތްތެރި ކުރުމަށް ފުއްޕާ ހަމަަށް ހީލިއަން އަޅަން ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމެވެ. މި ގޭހަކީ އަލިފާން ރޯވާ އެއްޗެއް ނޫނެވެ.

"ހީލިއަމް ގޭހަކީ އެކި ހަފުލާތައް ޒީނަތްތެރި ކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް. އެހެންވެ މި ގެނައީ. ފުޅިއާއެކު ޕަންޕެއް ވެސް އިންނާނެ. ހީލިއަމް ގޭސް ފުޅިއާއެކު ހިލޭ ފުއްޕާހަން ޕެކެއްވެސް ދެން،" އައިމިނަތު ވިދާޅުވި އެވެ.

ރާއްޖޭގައި ގޭހުގެ ހިދުމަތް ދެމުން އަންނަތާ 17 އަހަރުވެފައިވާ މޯލްޑިވް ގޭހުން އަލަށް ނެރުނު އުފެއްދުންތަކާއެކު ކުރިން ދިމާވި އުނދަގޫ މިވަނީ ފަސޭހަކޮށްދީފަ އެވެ.