ވިޔަފާރި

އެސްޓީއޯ ރޮބަޓް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިިފި

އެސްޓީއޯ ސުޕަމާޓުން ރޯދަ މަހު ކުރިއަށް ގެންދިޔަ "ރޮބަޓް ލަންޗްއޮން މީޓް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިިފި އެވެ.

އެސްޓީއޯ ސުޕަމާޓުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 18،000ރ. އެވެ. މީގެ އިތުރުން ދެވަނަ އަށް 12،000ރ. ހުށަހެޅިއިރު ތިންވަނަ އިނާމަކަށް ދެނީ 10،000ރ. އެވެ. މީގެ އިތުރު 10 ނަސީބުވެރިން ހޮވި އެވެ.

ސުޕަމާޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިން ހޮވައިދެއްވީ ސުމަޕާޓުގެ މެނޭޖަރު އަައިމިނަތު ސީމާ އާއި ސުޕަމާޓުގެ ޖެނެރަލް މެނޭޖަރު ހަމްދޫން ސައީދު އަދި އެސްޓީއޯގެ ޖެނެރަލް މެނޭޖާ އޮފް ފުޑް އެންޑް ބެވަރޭޖާސް ފާތިމަތު އާޝާން އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ 18،000ރ. ގެ ގިފްޓް ވައުޗަރު ލިބުނީ ޒުމްރާ އަށެވެ. އަދި ދެވަނައަށް ހުށަހެޅި 12،000ރ. ގެ ގިފްޓް ވައުޗަރު މޫސާ ޒަހުވާން އަށް ލިބުނުއިރު ތިންވަނައަށް ހުށަހެޅި 10،000ރ. ގެ އިނާމު ލިބުނީ ސާރަތު މުހައްމަދު އަށެވެ.

ސުޕަމާޓުގެ ވިޔަފާރީގައި އެންމެ ނަން މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ އެސްޓީއޯ ސުޕަމާޓުން ދަނީ އެކި ވިޔަފާރިތަކާ ގުޅިގެން ގިނަ ޕްރޮމޯޝަންތަކެއް ބާއްވަމުންނެވެ.