ހަބަރު

އެސްޓީއޯއިން ހަގީސް ބްރޭންޑް ވިއްކަން ފަށައިފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭއަށް ހަގީސްގެ ޕްރޮޑަކްޓްތައް ތައާރަފްކޮށް މިއަދު ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ ސުޕަމާޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަގީސް ބްރޭންޑް ލޯންޗް ކުރީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަހީރު އެވެ. ހަގީސްގެ ފަރާތުން މިއަދު ބާޒާރަށް ނެރެފައިވަނީ ހަގީސް ޑައިޕާސް އާއި ވޮންޑަ ޕޭންޓްސް އެވެ.

އެސްޓީއޯ ބްރޭންޑް މެނޭޖަރު ރައްޝާމް މުހައްމަދު ވިދާޅުވީ މިއަދު މި ތައާރަފް ކުރެވުނު ޕްރޮޑަކްޓް ވެގެންދާނީ ރާއްޖޭގައި ވިއްކާ ނެޕީގެ ޕްރޮޑަކްޓްގެ ތެރެއިން އެންމެ އަގުހެޔޮ ޕްރޮޑަކްޓަށް ކަމަށެވެ. އަދި އެސްޓީއޯ ސްޕަމާޓްގައި ހުރި އަގަށް ރަށްރަށުގެ އައުޓްލެޓް ތަކުންނާއި ފާމަސީ ތަކުން ވެސް ލިބިގެންދާނެ ކަމަށް ރައްޝާމް ވިދާޅުވި އެވެ.

"އެސްޓީއޯ ވެގެންދިޔައީ ހަގީސްގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓިބިއުޓާ. ހަގީސް ވޮންޑަ ޕޭންޓްސް ވަނީ މިމަހު އެއް ވަނަ ދުވަހުން ފެށީގެން ވިއްކަން ފަށާފައި. މިހާރު ބާޒާރުގައި ވިއްކާ ޕޭންޓްސްގެ އަގަށް ބަލާފައި 40 ޕަސަންޓް އަގު ހެޔޮ ވާނެ. އަދި ޑައިޕާސްގެ އަގު 15 އާއި 20 ޕަސެންޓްގެ އަގުހެޔޮ ވާނެ." ރައްޝާމް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް ހަ މަސްދުވަހުގެ ނެޕީ ހަދިޔާ ކޮށްފަ އެވެ. އެސްޓީއޯގެ ފަރާތުން ނެޕީ ހަވާލުކޮށްދެއްވީ އަހުމަދު ޝަހީރު އެވެ. އަދި ފިޔަވަތި ހިޔާގެ ފަރާތުން އެ ތަކެއްޗާ ހަވާލުވީ ފިޔަވަތީގެ ސީއީއޯ ފާތިމަތު ޝިޔާމާ އެވެ.