- ފެއާ ފަށަނީ މިއަދު
- ތިން ދުވަހަށް ކުރިއަށްދާނެ
- ފެއާ އާއްމުކޮށް ވަނީ ހުޅުވާލާފަ
ސޮޕިން ފެސްޓިވަލްއެއްގެ ގޮތުގައި ކުރިއަށް ގެންދާ "މޯލްޑިވްސް ކޮންސިއުމާ ފެއާ 2017" މާދަމާ ފަށާނެ އެވެ. ނޭޝަނަލް އާޓްގެލަރީގައި ކުރިއަށްދާ މި ފެއާ ބާއްވަނީ ރޯދަ މަހާ ދިމާކޮށެވެ. ތިރީގައި އެވަނީ މޯލްޑިވްސް ކޮންސިއުމާ ފެއާއަށް ދާން ޖެހޭ ފަސް ސަބަބެވެ.
1. އާއިލާ އެއްކޮށް ވިޔަފާރިކޮށްލަން ލިބޭ ބޮޑު ބާޒާރެއް
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިފަދަ ފެސްޓިވްތައް ބާއްވަ އެވެ. މިފަދަ ފެސްޓިވަލްތައް އިންތިޒާމުކޮށްފައި ހުންނަނީ އާއިލާ އެއްކޮށް ގޮސް ހިތްހަމަ ޖެހިލައިގެން ބާޒާރު ކޮށްލެވޭ ގޮތަށެވެ. މި ފެސްޓިވް ވެސް އޮތީ ހަމަ މިގޮތަށެވެ. މަންމަ އާއި ބައްޕަ އަދި ދަރިފުޅު އެކުގައި ގޮސް މިތަނުން ބާޒާރުކޮށްލުމުގެ މަގު ފަހިވާނެ އެވެ.
2. ރޯދައަށް ބޭނުންވާ ސާމާނު އެއްތަނަކުން
މޯލްޑިވްސް ކޮންސިއުމާ ފެއާގައި 15 ސްޓޯލް ހުންނާނެ އެވެ. މިތަންތަން ނަގާފައިވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުންނެވެ. މި ކުންފުނިތަކުގެ ޕްރޮޑްކްޓަކުގެ ރޭންޖަށް ބަލާއިރު ގިނައިން ހުރީ ރޯދަ މަހަށް ބޭނުންވާނެ ސާމާނުތަކެވެ. އެހެންވެ މި ފެސްޓިވަލްއަކީ ރޯދަ މަހަށް ބޭނުންވާ ސާމާނު ހޯދައި ވިޔަފާރި ކުރަން ރަނުގެ ފުރުސަތެއްގެ ގޮތުގައި ނޫނީ ނުވެދާނެ އެވެ.
3. ގޮސްގެން ލިބޭ ހިލޭ އިނާމު
ކޮންސިއުމާ ފެއާއަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ރަނުގެ ފުރުސަތެއް ނޫނެވެ. މީގެ ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ ގޮސްގެން ލިބޭ އަގު ހުރި އިނާމުތަކެވެ. މި ފެސްޓިވަލް ކުރިއަށް ދާއިރު ގަޑިއަކު އެއް ފަހަރު އިނާމެއް ނަގާނެ އެވެ. މީގެ އިތުރުން ކޮންމެ ރެއަކުވެސް ގްރޭޑް ޕްރައިޒްގެ ގޮތުގައި ހާއްސަ އިނާމުތަކެއް ދޭނެ އެވެ. އަދި މިވަރުން ނިމުނީއެއް ނޫނެވެ. މިތަނުގައި ހުރި ސްޓޯލްތަކުންވެސް ހިލޭ އެތައް ހަދިޔާއެއް ލިބޭނެ އެވެ.
4. ހިލޭ "ކާން ލިބޭނެ"
ކޮންސިއުމާ ފެއާގައި ގިނައިން ހުރީ ފުޑް އައިޓަމްތައް ވިއްކާ ތަންތަނެވެ. ކަންވާނީވެސް އެހެންނެވެ. ރޯދަ މަސް ކައިރިވާތީ ރޯދަ މަހަށް ބޭނުންވާ ސާމާނު އިޝްތިހާރު ކުރަން ވިޔަފާރިވެރިން ބޭނުންވާނެ އެވެ. އެހެންވެ މިތަނުގައި މިތަނެތީގެ ރަހަ ދެއްކުން އޮންނާނެ އެވެ. މި ސްޓޯލްތައް ކައިރިއަށް ކައިރިކޮށްލާއިރަށް ސާމްޕަލް ލިބޭނެ އެވެ.
5. އެންމެ ބޮޑު ޝޮޕިން ފެސްޓިވަލް
މޯލްޑިވަސް ކޮންސިއުމާ ފެއާއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޝޮޕިން ފެސްޓިވަލްއަށް ވާނެ އެވެ. މި ފެއާއަކީ ވިޔަފާރިވެރިންގެ ތެރެއިން ހޯލްސެއިލާސް އާއި ރީޓެއިލާސް އަދި ސަޕްލަޔާސްގެ އިތުރުން މެނުފެކްޗަރުންނަށް ހާއްސަ ޕްލެޓްފޯމެކެވެ. ފެއާގައި ބައިވެރިވާ ބައިވެރިންގެ އުފެއްދުންތަކާއި އަލަށް ތައާރަފްކުރާ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ކޮންސިއުމާ ފެއާ އޮންނާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން 11:00 އަށެވެ. ފެއާ ތިން ދުވަހަކަށް ކުރިއަށްދާނެ އެވެ.