ވިޔަފާރި

ޕަވާ ޓޫލްސް ގަންނަން ދާންވީ އޭސް ހާޑްވެއާއަށް!

"އޭސް ހާޑްވެއާ" އަށް ދާން ޖެހޭ ސަބަބުތައް ކިޔަން ފަށައިފިނަމަ ލިސްޓު ދިގުދެމި ކޮޅުން ނުލާނެ އެވެ. ކުރު ބަސްކޮޅަކުން ބުނާނަމަ މި ރާއްޖޭގައި މި ވަރުގެ ތަނެއް ނުހުންނާނެ އެވެ. ގެއަށް ބޭނުންވާ ސާމާނު ހޯދަން ވެސް އޭސް ހާޑްވެއަށް ނުގޮސް ނުވާނެ އެވެ؛ މިފަހަރު މިއޮތީ އަގު ވެސް ހެޔޮކޮށްފަ އެވެ. ޕަވާޓޫލްސް އާއި ހޭންޑް ޓޫލްސް ގަންނަން މިހާރު ދާންވީ އެ ފިހާރަ އަށެވެ.

"ޓޫލްސް" އަށް ހާއްސަކޮށް ފަށާފައިވާ ޕްރޮމޯޝަންގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟ އެއް ކަމަކީ މި އުފެއްދުން ތަކަކީ މަޝްހޫރު ބްރޭންޑު ތަކަށްވުމެވެ. އެމެރިކާގެ އެންމެ ދުވަސްވީ އެންމެ ހިނގާ ޓޮޕް ކްލާސް ބްރޭންޑު ކަމަށްވާ މިލްވައުކީ އާއި އޭސް އަދި ކްރާފްޓްސްމަންގެ އިތުރުން ސްޓޭންލީ ހިމެނެ އެވެ. މީގެ އިތުރުން ޖަރުމަނުގެ އެންމެ ނަން މަޝްހޫރު ބްރޭންޑް ކަމަށްވާ އޭއީޖީ ވެސް ހިމެނެ އެވެ. މީގެ އިތުރުން އެހެން ބްރޭންޑުތައް ވެސް ހިމެނެ އެވެ.

އޭސް ހާޑްވެއާ އިން ވަނީ މި މަހު އިތުރު ޕްރޮމޯޝަން ތަކެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ. މިގޮތުން "އޭސް ހާޑްވެއާ" ގެ ފޭސްބުކަށް ލައިކްކޮށް އަދި ކޮމެންޓް ގުރުއަތުން ހޮވޭ މީހަކަށް އޭސް ބްރޭންޑުގެ ކޯޑްލެސް 12 ވޮލްޓުގެ ޑްރިލްއެއް ލިބޭނެ އެވެ. އަދި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބާއްވާ ރޯޑް ޝޯވް އެއް ވެސް މި މަހު އޮންނާނެ އެވެ. މި ރޯޑްޝޯގައި ތަފާތު ކުޅިވަރުތައް ބާއްވާނެ އެވެ. މީގެ އިތުރުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ގޮތަށް ގިނަ އަދަދެއްގެ ޓޫލްސްތަކެއްގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ.