ހަބަރު

ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މޯލްޑިވްސް ވޮލީ އެސޯސިއޭޝަންގެ އާ ހިންގާ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއިން ފުލުހުންނަށް މައްސަލަތަކެއް ހުށަހަޅާފައިވާތީ އެ ކަންކަން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެސޯސިއޭޝަންއަށް ވަދެފަ އެވެ. އެކަމާ ގުޅޭގޮތުން ވޮލީ ބޯލް އެސޯސިއޭޝަންގެ އާ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ ފުލުހުން އެސޯސިއޭޝަނަށް ވަނީ ހިންގާކޮމިޓީން އެދިގެން ކަމަށާއި ބޭނުމަކީ އެސޯސިއޭޝަނަށް އަލަށް ހަވާލުވާއިރު ތަނުގެ ޓެކްނިކަލް އެކްސްޕާޓް އޮޑިޓެއް ކުރުން ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްކަމަށް ލަތީފް ހޮވިވަޑައިގަތީ މިދިޔަ ހަފުތާގަ އެވެ. އެއީ މި އަހަރު ކުރީކޮޅު ބޭއްވި އިންތިހާބު ގަވާއިދާ ހިލާފުކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީން އިންތިހާބު ބާތިލްކުރުމުން އަލަށް ބޭއްވި އިންތިހާބުގަ އެވެ.