ހަބަރު

ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރަން ހާއްސަ މައުރަޒެއް ބާއްވަނީ

Oct 9, 2016

ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ދަންޑުވެރިންގެ މަސައްކަތްތައް ދައްކާލާ މައުރަޒެއް މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވުމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހު އެވެ. ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ބާޢްވާ މައުރަޒު ބާއްވަން ނިންމާފައިވަނީ، މިމަހުގެ 10-12 އަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން މައުރަޒެއް ބާއްވަން ނިންމީ ރާއްޖޭގެ ދަނޑުވެރިން ކުރާ ބުރަ މަސައްކަތް އާންމުންނަށް ދައްކާލައި، އެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރު ކުރުވުމަށް ކަމަށެވެ. އެގޮތުން މާދަމާ ފަށާ އެ މައުރަޒުގައި ދާއިރާގެ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މައުރަޒުގައި ދައްކާލުމަށް ހަމަޖެހިފައިވާ މުހިއްމު ބައެއް އައިޓަމްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކާނާ ތައްޔާރުކުރާނެ ގޮތާއި، ކުޑަކުދިންގެ ހާއްސަ ސެލެޑް ތައްޔާރު ކުރާނެ ފަސޭހަ އަދި ފައިދާހުރި ގޮތްތައް ދައްކާލުން ހިމެނެ އެވެ.

އަދި ދިވެހި ސަގާފީ ކެއުންތައް ދައްކާލުމާއި، ދާއިރާގައި މިހާޜު މަސައްކަތްކުރާ ކޯޕަރޭޓިވްތަކުން މަސައްކަތްކުރާ ގޮތްވެސް މައުރަޒުގައި ދައްކާލާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.