ހަބަރު

ލަދެއް ނެތި ސެމްސަން އިން އެޕަލްގެ އިއަޕޮޑްވެސް ކޮޕީކުރަނީ!؟

Mar 1, 2015

މިރޭ އިޢުލާނުކުރަން ހަމަޖެހިފައިވާ ސެމްސަން ގެލެކްސީ އެސް 6 އާއެކު ލިބޭ އިއަބަޑްތައް މުޅި ދުނިޔެއަށް ވަނީ ލީކްވެފަ އެވެ. މިފަހަރުވެސް ސެމްސަންއިން އެއްވެސް ލަދެއްނެެތި ވަނީ އެޕަލްގެ ފަރުމާކުރުން ކޮޕީކޮށްފަ އެވެ.

އިއަބަޑް އަކީ އެޕަލްއިން އުފެއްދި އެއްޗެއް ނޫން ނަމަވެސް، އިއަބަޑް އެހާ މަޝްހޫރު އެއްޗަކަށްވީ އެޕަލްއިން އުފައްދާ އައިއޯއެސް ޑިވައިސްތަކާއެކު އިއަބަޑްތައް ލިބެން ފެށުމުންނެވެ. ޓިންޓް.ވީއެން އިން ލީކް ކޮށްލާފައިވާ އިއަބަޑް އެއީ އަސްލުނަމަ، ސެމްސަންއިން ނަކަލު ކުރަނީ ހަމައެކަނި ސްމާޓްފޯނެއް ނޫނެވެ.

ގެލެކްސީ އެސް 6 އާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އަޑުތައް ފެތުރިފައިވާ އިއަބަޑް އަކީ އެޕަލްގެ އައިފޯން 5 އާއެކު ކަސްޓަމަރުންނަށް މިހާރުވެސް ފޯރުކޮށްދެމުންދާ އިއަޕޮޑްއާ ވަރަށް ވައްތަރެވެ. އެހައި ބައިވަރު ފަރުމާތައް ހުންނަ މިފަދަ އެއްޗެއްގެ ޑިޒައިން ވައްތަރުވުމަކީ އެކަށީގެންވާ ކަމަކެވެ. ނަމަވެސް މި ދެ ފަރުމާއަށް ބަލައި ލުމުން އެކަތި އަނެއްކެއްޗަށް އޮޅޭވަރު ވެއެވެ.

ސެމްސަންގެ ހެޑްފޯންތަކުގެ ކޮލިޓީ އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، ސެންހެއިޒާ އާއެކު ޕާޓްނާޝިޕެއް ހެދިކަމުގެ ޚަބަރުތައް މި ފަހަކަށްއައިސް ފެތުރިފައިވީ ނަމަވެސް، މިހާރު ލިކްވެފައިވާ ޑިޒައިނަށް ބަލައިލުމުން އެކަމެއް ނުފެނެއެވެ.

އެޕަލްގެ އައިޕޮޑާ ވަރަށް ވައްތަރުގެ އިއަބަޑަކާއެކު، ޖީއެމްޓީ ގަޑިން މިއަދު 16:30، މާލެ ގަޑިން މިރޭ 21:30 ގައި ސްޕެއިންގެ ބާސެލޯނާގައި އޮންނަ އަންޕެކްޑް އިވެންޓްގައި ސެމްސަންގެ ގެލެކްސީ އެސް 6 ތަޢާރަފް ކުރާނެ އެވެ.