ބޭރު ކުޅިވަރު

ރާމޯސްއަށް އަނިޔާވެ މަސް ދުވަހަށް ކުޅުމާ ދުރަށް

Oct 10, 2016

ސްޕެއިން އާއި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް އަނިޔާވެ ހަތަރު ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަން ކަށަވަރު ވެއްޖެއެވެ.

ސްޕެއިންގެ ޑިފެންޑަރުގެ ކަކުލު ހުޅުގެ ލިގަމެންޓަށް އަނިޔާވީ ވޯލްޑްކަޕް ކޮލިފައިންގައި ރޭ އަލްބޭނިއާ ދެކޮޅަށް ކުޅުނު މެޗްގެ 78 ވަނަ މިނެޓްގައެވެ.

އޭނާ އަށް ލިބުނު އަނިޔާގައި، ރޭ ގެމެޗްގައި އޭނާގެ ބަދަލުގައި ކުޅެން އެރީ ރެއާލް ސޮސިއަދާދުގެ ޑިފެންޑަރު އިނިގޯ މާޓިނޭޒްއެވެ. އޭރު ވައިސް ކެޕްޓަން އަންދުރޭ އިނިއެސްޓާވެސް ބަދަލުކޮށްފައިވުމުން، ކެޕްޓަން ބޭންޑް އެޅީ ޑޭވިޑް ސިލްވާއެވެ.

ރެއާލް އެންމެ ފަހުން ކުޅުނު މެޗްގައި ކޯޗް ޒައިނުއްދީން ޒިދާން ވަނީ ކުޅުންތެރިން ރޮޓޭޓް ކުރާ އުސޫލުން ރާމޯސްއަށް އެމެޗްގައި ރެސްޓް ދީފައެވެ.

ރެއާލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެއްވަރުވުމުން، ލީގްގެ ދެ ވަނައިގައި އޮތް ރެއާލް ޕޮއިންޓެއް ނަގާ ނުލުމަށްޓަކައި ކުރިއަށް ހުރި މެޗްތަކަށް ނިކުންނައިރު ރާމޯސް ނެތުމަކީ އެޓީމަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ.

ލިބުނު އަނިޔާ އާ ގުޅިގެން، ރެއާލްގެ މެޑިކަލް އޮފިޝަލުންނާއެކު އިތުރު ޓެސްޓް ހެދުމަށްޓަކައި މިއަދު ރޯމާސް ދާނެއެވެ.