ހަބަރު

އަފްރާޝީމް ލިޔުއްވި ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެނީ

މަޝްހޫރު ދީނީ އިލްމްވެރިޔާ، ޑރ. އަފްރާޝީމް އަލީ ލިޔުއްވާފައިވާ ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެން ނިންމައިފި އެވެ.

މައުމޫން ފައުންޑޭޝަނުން ނެރުމަށް ނިންމާފައިވަނީ "އަންހެނަކު އިސްލާމީ ގައުމެއްގެ އެންމެ މަތީ މަގާމު އަދާ ކުރުމަކީ ޝަރްއީ ގޮތުން ހުއްދަ ކަމެއްތޯ؟" ގެ ނަމުގައި އަފްރާޝީން ލިޔުއްވާފައިވާ ފޮތެވެ.

މިއަދު މައުމޫން ފައުންޑޭޝަނުން ބުނީ، އަފްރާޝީމްގެ ފޮތް ޗާޕްކޮށް ނެރުމަށް ނިންމާފައިވާ ކަމަށާއި އެ ފޮތް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ކަމަށެވެ.