ހަބަރު

"ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ދައްކަނީ ހުވަފެން،"

ވައްމުލައް ސިޓީގެ ފެނާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް އިފްތިތާހް ކުރުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ. -- އަވަސް ފޮޓޯ
0%
0%
0%

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދައްކާނީ ހުވަފެން ކަމަށާއި އެ ހުވަފެންތަކަށް ބަލައިގެން ފުވައްމުލައް ސިޓީ ތަރައްގީ ނުވާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ ފެނާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް އިފްތިތާހް ކުރުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ ފުވައްމުލައް ސިޓީ ބޭނުންވާ ތަރައްގީ ގެނެވޭނީ ޕީޕީއެމް ކައުންސިލެއް ހޮވައިގެން ކަމަށެވެ.

"އެމްޑީޕީ ސަރުކާރުން އެއްވެސް ވަރަކަށް ފުވައްމުލަކުގެ ކުރިއެރުމާ ދޭތެރޭ ވިސްނާފައެއް ނެތް. މިއީ ކޮންމެހެން ވެސް މިރޭ ފާހަގަކުރަންޖެހޭ ކަމެއް. އެމްޑީޕީން ދެއްކީ ހުސް ހުވަފެން، އެ ހުވަފެނަށް ނުބައްލަވާ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު ސިޓީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ފެނާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފެށި އިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ގެންދާނެ ކަމަށެވެ.

ފުވައްމުލައް ސިޓީއަކަށް ބަދަލުވެގެން ދިޔައިރު ލިބެންޖެހޭ އިންފްރާސްޓްރަކްޗާ ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށާއި އެމަސައްކަތްތައް މިހާރުވެސް ފަށާފައިވާ ކަން ތޯރިގު ފާހަގަކުރެއްވި އެވެ.

"ފުވައްމުލައް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރު އެބަކުރޭ. ފެނާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފެނި އިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތާ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަަގެންދޭ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މިސަރުކާރުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ފެނާ ނަރުދަމާ ނިޒާމްތަކުގެ މަޝްރޫއުތަކާ ބެހޭގޮތުން އަލިއަޅުއްވާލެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 10 ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ނިންމާފައިވާ ކަމަށާއި 11 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި 15 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ދުނިޔޭގެ ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ގައުމަށް ރާއްޖެ ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- ފުވައްމުލަކުން : އައިޝަތު މާހާ

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345