ހަބަރު

މަތިވެރީގެ ނަރުދަމާއާ ނިލަންދޫގެ ފެން ވިއުގަ ގާއިމުކުރަން ލަންކާ ކުންފުންޏަކަށް

Jul 5, 2018
1
ނިލަންދޫ ފެނުގެ ނިޒާމާއި މަތިވެރީ ނަރުދަމާ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މިއަދު ލިޔުން ބަދަލު ކުރަނީ -- ފޮޓޯ: އެނާޖީ
0%
0%
0%

އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލޭބާ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ސްރީ ލަންކާގެ އެޑްވާޑް އެންޑް ކްރިސްޓީ ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެނާޖީ މިނިސްޓަރު އިބްރާހީމެވެ. އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.

މަތިވެރީގެ ނަރުދަމާ ލޭބަ މަޝްރޫއު ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 13,558,970.00 ރުފިޔާ އެވެ. ނިލަންދޫގެ ފެނުގެ ލޭބާ މަޝްރޫއުގެ ކޮންޓްރެކްޓް އަގަކީ 16,724,160.60 ރުފިޔާއެވެ.

މި ދެ މަސައްކަތް ވެސް 12 މަސް ދުވަހުގެ ތެރޭ ނިންމަން ޖެހެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓޮމް

ރަށުމީހުނަށް ޖެސްސުން ކުރަށްވާކަށް ނުވާނެ ކޮއްކޯ.ކޮއްކޮ ކަންތަށް ކުރަށްވާ ގޮތުން ރަށުމީހުން ނަށް ހާދަދެރަޔެއް ލިބެޔޭ..ކޮއްކޮ އާ މެދު ހާދަރަނގަޅަކަށޭ އެމީހުން ކަންތަށްތަށް ކުރީ...ވަރަށްވާހަކަ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345