ހަބަރު

20 ރަށެއްގެ ނަރުދަމާ އަޅަން 53 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ވިހި ރަށެއްގެ ނަރުދަމާ އެޅުމުގެ މަޝްރޫއުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
100%
0%
0%

ރާއްޖޭގެ 20 ރަށެއްގައި ނަރުދަމާ އެޅުމަށް އެކުލަވައިލި ބޮޑު މަޝްރޫއެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިއަދު ސްރީލަންކާގެ ކުންފުންޏަކާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ސްރީލަންކާގެ ހޭކާބް ޕަބްލިކް ލިމިޓެޑްއާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން އެވެ. ހޭކާބްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިޔަވަސަން އެވެ.

މި އެއްބަސްވުމުގެ ދަށުން ވިހި ރަށުގައި ނަރުދަމާ ގާއިމްކުރަން 53 މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމާފައި ވެއެވެ. އެއީ ގާތްގަނޑަކަށް 866 މިލިއަން ދިވެހި ރުފިޔާ އެވެ. އެ 20 ރަށުގެ ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އަލަށް ނަރުދަމާ ގާއިމްކުރާ ރަށްތައް

  • ހއ މާރަންދޫ
  • ހއ ވަށަފަރު
  • ހދ ފިނޭ
  • ހދ ވައިކަރަދޫ
  • ށ ފޯކައިދޫ
  • ނމާފަރު
  • ނ ޅޮހި
  • ރ ކިނޮޅަސް
  • ބ ކަމަދޫ
  • ބ މާޅޮސް
  • ބ ގޮއިދޫ
  • ޅ އޮޅުވެލިފުށި
  • ކ ގުޅި
  • އއ މަތިވެރި
  • އއ ފެލިދޫ
  • ވ ކެޔޮދޫ
  • އދ ދިގުރަށް
  • ތ ހިތިލަންދޫ
  • ގއ ދެއްވަދޫ
  • ގދ ހޯނޑެއްދޫ

އަލަށް ނަރުދަމާ ގާއިމްކުރާ 20 ރަށާއެކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަރުދަމާގެ މަޝްރޫއު ކުރިއަށްގެންދާ ރަށްތަކުގެ އަދަދު 83 އަށް އަރާނެ އެވެ. ނަރުދަމާގެ މަސައްކަތް ފެށި ރަށްރަށުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 22 ރަށުގެ މަސައްކަތެވެ. ބާކީ ރަށްތަކުގެ މަސައްކަތްތައް ކުރިޔަށް އެބަ ދެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސާބަހޭސާހިބާ

ސާބަސް ރައީސް. އެންމެ ރަށެއްވެސް ދެން ބަހައްޓާނެކަމެއް ނެތް. މީސްތަކުން ބޭނުމީ މި ކަހަލަ ތަރައްގީ. ހުސްއަނގަތަޅާ ކެންޑިޑޭޓުން ނެއްނޫން. ހަމައެކަނި އަމާނޭ ނާމާނޭ ކިޔަސް ނުވާނެ.

ނަސިީމަ

މިވަރުގެ ރައީސް އެއް ހުއްޓާ ދެން އެހެން މީހެއްގެ ގަޔައް ބަލާވެސް ނުލާނަން އިރާދަކުރެއްވިއްޔާ

ދީދީ އިމާމު

މީ ތަރައްްީއަކީ ފަނާކުރި 3އަހަރު ކަމެއް ނުކޮއް ދެން އަނެއްކާ ކޮއްދޭންބުނީމަ މޮޔައޭ އިބޫ. ބަޖެތުހޯދާނެ ގޮތެއްވެސް ބުނެނުދެވޭ..ހީހީ ހަލާކު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345