ހަބަރު

ނައިފަރު ކައިރިއަށް ކުޑަ ބިން ހެލުމެއް

Oct 12, 2016

ޅ. ނައިފަރު ކައިރި އަށް ކުޑަ ބިންހެލުމެއް، ލޮޅުމުގެ އަސަރު ރޭގެ ވަގުތެއްގައި ކޮށްފި އެވެ. ރާއްޖޭގެ އެހެން އެއްވެސް ހިސާބަކަށް ބިންހެލުމެއްގެ އިހުސާސް ކުރެވިފައެއް ނުވެއެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ބުނީ ރިކްޓަ މިންގަނޑުން 4.9 ގެ ބާރު މިނުގެ އެ ބިންހެލުން ނައިފަރުގެ އިރު އުތުރުން 306 ކިލޯމީޓަރު ދުރަށް އައިސްފައިވާ ކަމަށެވެ. މި މިންގަނޑަކީ ބިންހެލުންތައް ވަޒަންކުރާ މިންގަނޑުން ބަލާނަމަ ކުޑަ ބިންހެލުމެކެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގައި ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ ނައިފަރުގެ އިރުމަތިން 286 ކިލޯމީޓަރު ދުރުން ކަނޑުގެ އަޑިއަށް ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.

ނައިފަރުގެ ބައެއް މީހުންނަށް ރޭގެ ބިން ހެލުމުގެ އިހުސާސް ކޮށްފައިވެ އެވެ. އެ ރަށު ބައެއް މީހުން ބުނި ރޭ 3:00 އެހާއިރު ކޮންމެވެސް ވަރަކަށް ރަށް ގުޑާފައިވާ ކަމަށާއި ބައެއް މީހުންނަށް އެ އިހުސާސްތައް ކުރެވުނު ކަމަށެވެ.

މި އަހަރު އައްޑު އަތޮޅާ ކައިރިއަށް ވެސް ބިން ހެލުމެއްގެ އަސަރުކޮށްފައި ވެއެވެ.