ޕީޕީއެމް

ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމައިފި

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޕާޓީގެ އާންމު ޖަލްސާއެއް ބާއްވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕިއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހު 31 ވަނަ ދުވަހުގެ ރޭ އާންމު ޖަލްސާއެއް ބާއްވަނެ ކަމަށެވެ. އަދި އެ ޖަލްސާއަށް ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ދައުވަތު ދެއްވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމް އާންމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމެވި އިރު އެމަނިކްފާނާއި ރައީސް އަބްދުﷲ ޔާމިން ބައްދަލު ކުރެއްވުމަށް ދައުވަތު އަރުވާފައެވެ. އަދި އެ ދައުވަރު ރައީސް ޔާމިން ގަބޫލުފުޅު ކުރައްވާފައިވީ ނަމަވެސް މައުމޫން އެއަކަށް ޖަވާބެއް ނުދެއްވަ އެވެ.