ދީން

"ރެއިސް - ތަރުބިއްޔަތު" ވޯކްޝޮޕް މާލޭގައި ފަށައިފި

Oct 14, 2016
1

މަހަލްދީބް ފައުންޑޭޝަން ގެ "ރެއިސް- ތަރުބިއްޔަތު" ވޯކްޝޮޕް މިއަދު މާލޭގައި ފަށައިފި އެވެ. ދެދުވަހަށް ކުރިއަށް ގެންދާ މި މިވޯކްޝޮޕް ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ފެށި އިރު 50 ފަރާތަކުން ބައިވެރިވި އެވެ.

ދަރިން ތަރުބއްޔަތު ކުރުމާބެހޭ މި ވޯކްޝޮޕްގައި ކިޔަވާ ދެއްވަނީ ޝައިޚް މުޙައްމަދު އަނީލް އާއި ޝައިޚް އަޙްމަދު ސަމީރެވެ.

ވޯކްޝޮޕްގައި މާދަމާ އޮންނާނީ ދެމަފިރިންގެ ހައްގުތަކާބެހޭ ސެޝަނާއި ކުށް އިސްލާޙޫ ކުރެވޭނެ ނަބަވީ 10 އުކުޅާއި އެކި އުމުރުފުރާގެ ކުދިން ތަރުބިއްޔަތު ކުރާނެ ގޮތާއި ތަރުބިއްޔަތައް އެޅޭ ހުރަސްތަކުގެ ބައެެވެ.

މިފަދަ ވޯކްޝޮޕަކީ ދަރިން ތަރުބިއްޔަތު ކުރަން ސައިކޮލޮޖިސްޓުން ވިދާޅުވާ އުކުޅުތަކާއި އޭގެ އިތުރުން ދީނީގޮތުން ވެސް ދަރިން ތަރުބިއްޔަތުކޮށް އެކުދިންނަށް ކުރެވޭ ކުށްތައް އިސްލާޙު ކުރެވޭނެ ގޮތްތައް ދަސްކޮށްދިނުމެވެ.