ދުނިޔެ

އެންމެ މުއްސަނދި މީހާގެ މަގާމު 16 ވަނަ ފަހަރަށް ބިލް ގޭޓްސް އަށް

މުޅި ދުނިޔެއިން އެންމެ މުއްސަނދި މީހާގެ މަގާމު މައިކްރޮސޮފްޓްުގެ ބާނީ ބިލް ގޭޓްސް އަށް 16 ވަނަ ފަހަރަށް ލިބިއްޖެ އެވެ.

ފޯބްސް އިން އެއްކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުޅި ދުނިޔޭގައި 1826 ބިލިއަނަރުން އެބަތިއްބެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 181 މީހުން އިތުރުވުމެވެ.

މަހުޖަނުންގެ ލިސްޓަށް ބަލާއިރު އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް ޓެކްނޮލޮޖީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ މީހުން ގިނަ އެވެ. މިފަހަރު އެންމެ ޒުވާން ބިލިއަނަރަކީ 24 އަހަރުގެ އީވާން ސްޕީގެލް އެވެ. އޭނާ އަކީ ސްނެޕްޗެޓް އެޕްލިކޭޝަންގެ ކޯ ފައުންޑާ އެވެ. އޭނާގެ މިލްކިއްޔާތުގައި 1.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ. --ބީބީސީ