ދިރާގު

ދިރާގުގެ ހިތްގައިމު ލޮބީ ކުނިގޮނޑަކަށް! ކޮންކަމެއް؟

Oct 16, 2016
2

މިއަދު އިރު އެރި އިރު ރާއްޖޭގެ މުއާސަލަތީ އެންމެ ބޮޑު ކުންފުނި، ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) ގެ ހެޑް އޮފީހުގެ ލޮބީގެ ތެރެއަށް ކުނި އަޅައި ހަޑިކޮށް ގޮނޑުކޮށްލައފި އެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟

ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ދިރާގު މުވައްޒަފުން މިއަދު ހެނދުނު ހެޑް އޮފީހަށް ނުކުތް ނުކުތް އިރު މުޅި ދިރާގު އޮފީހުގެ ލޮބީ އާއި އެތެރޭގެ ބައެއް ތަންތަނަށް ކުނި ކޮތަޅުތައް އަޅައިފައިވާއިރު ޕްލާސްޓިކާއި ޕްލާސްޓިކް ކުނިތައް ވެސް އަޅައި އޮފީސް ވަނީ ގޮނޑަކަށް ބަދަލުވެފަކޮށްލާފަ އެވެ.

ކުނި އަޅާފައިވާ މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ޕިކަޕެެއްގައި ބަރުކުރެވޭހާ ގިނަ ކުނި ކޮތަޅުތައް ދިރާގުގެ ލޮބީތެރެއަށް އަޅާލާފައިވެއެވެ. އަދި އެ ކުނިިތައް ހުރުމުގެ ސަބަބުން މިއަދު އޮފީހަށް ވަންނަން ދިޔަ މުވައްޒަފުން ވެސް އޮފީސްތެރެއަށް ނުވެދެ އެތައް އިރަކު ބޭރުގައި ވެސް މަޑު ކުރަން ޖެހުނެވެ.

އާންމުކޮށް ވަރަށް ތަނަވަސް، އަދި ވަރަށް ތަރުތީބުކޮށް އޮންނަ ދިރާގުގެ ލޮބީގެ ތެރޭގައި ހިނގާ ބިނގާވެ އުޅެވޭ ވަރަށް ވުރެ ބޮޑަށް ކުނި އަޅައި އެކި ދިމަ ދިމާއަށް ކުނި އުކައި ހަޑިކޮށްލާފައިވާ މަންޒަރު ފެނުނުމުން ހެނދުނު ބައެއް މީހުން އެތަނަށް ޖަމާވެ ފޮޓޯ ނަގައި ވެސް ހެދި އެވެ.

ދިރާގުގެ އޮފީސްތެރެއަށް އެ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތް ކުރާ މީހުނަށާއި ކަސްޓަމަރުންނަށް ވަދެވޭ ގޮތްވީ މިއަދު ހެނދުނު 7:40 ވެސް ވި ފަހުންނެވެ. އޭރުވެސް ދިރާގުގެ ލޮބީތެރޭގައި ހުރި ކުނިތައް ސާފު ކުރުމުގެ މަސައްކަތް ބަޔަކު ކުރަމުންދިޔަ އެވެ.

ގިނަ އަދަދެއްގެ ކުނި ދިރާގުގެ ތެރެއަށް ބަންޑުކޮށްލާފައި ހުރުމުގެ ސަބަބުން މުއާސަލާތީ އެކުންފުނީގެ ބައެއް އިދާރީ މަސައްކަތަތަށް ފެށުމުގައި މިއަދު ބުރޫއެރި ކަމަށް ވެއެވެ. އެހެން ނަމަވެސް ގުޅިގެން ދިރާގުން ހަމައެކަނި ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ.