ވިޔަފާރި

ގޯލްޑް 100، ގާލާ ނައިޓު ޖެނުއަރީ މަހު

Oct 18, 2016

ރާއްޖޭގެ އެންމެ ފާހަގަ ކުރެވޭ 100 ކުންފުނީގެ ވެރިންނާއެކު، ބާއްވާ "ގޯލްޑް 100" ގާލާ ނައިޓް އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމައިފި އެވެ.

"ގޯލްޑް 100" ގެ ނަމުގައި ކުންފުނިތައް ލިސްޓުކޮށްފައިވާ "މޯލްޑިވްސް ގެޓަވޭސް" އިން ބުނީ ގާލާ ނައިޓް އޮންނާނީ ޖެނުއަރީ މަހުގެ މެދުތެރޭގައި ކަމަށާއި، ނެޓްވޯކިން ސެޝަންތަކެއްގެ ގޮތުގައި އޮންނަ މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ކައިރި ރިސޯޓެއްގައި ކަމަށެވެ. ނަމަވެސް ބާއްވާނެ ރިސޯޓެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

"ގޯލްޑް 100" ގާލާ ނައިޓުގައި ހާއްސަ މެހުމާނުންގެ ގޮތުގައި ބޭރުގެ އެކްސްޕާޓުން ވެސް ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ މި ލިސްޓު އަޅުގަނޑުމެން ޕަބްލިޝް ކުރުމަށްފަހު، ފޮތެއްގެ ސިފައިގައި ބޭރުގެ ފެއާތަކުގައި ވެސް ބަހާނެ ކަމަށެވެ.

"ކުންފުނިތަކުގެ މައުލޫމާތު ބޭރު ފަރާތްތަކާ ހަމައަށް ގެންދަން މިދެނީ ރަނުގެ ފުރުސަތެއް،" ސަނީ ވިދާޅުވި އެވެ.

ގޯލްޑް 100 ބަހާނެ ބޭރުގެ ފެއާތައް

  • އިންޑިޔާ އިންޓަނޭޝަނަލް ޓްރޭޑް ފެއާ
  • ހޮޓެލް އޭޝިޔާ ސިންގަޕޫރު
  • ޗައިނާ އެކްސްޕޯޓް އެންޑް އިމްޕޯޓް ފެއާ
  • ގަލްފް ފުޑް ދުބާއީ
  • މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް

"ގޯލްޑް 100" މަޖައްލާއެއްގެ ގޮތުގައި ވިޔަފާރިތަކުގެ ވެރިންނާއި، އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުންގެ އަތްތަކަށް ގެންގޮސްދޭނެ އެވެ. މީގެ އިތުރުން ބޭރުގެ ފެއާތަކުގައި ވެސް ބަހާނެ އެވެ. މިގޮތުން 5،000 ކޮޕީ ޕްރިންޓް ކުރާނެ އެވެ.