ހަބަރު

ކުޑަކުދިންގެ ހިޔާގައި ތުއްތު ކުއްޖަކު މަރުވެއްޖެ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ގެންދިޔަ، ފަސް މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ. ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ކުއްޖާ މަރުވި ސަބަބެއް އަދި ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަވަސް"އަށް ވިދާޅުވީ އެ ކުއްޖާ މަރުވިކަން ރިޕޯޓުކޮށްފައި ވަނީ މިއަދު 11:15 ހާއިރު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަވަސް"އަށް އެނގިފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގައި މިއަދު މަރުވީ ފަސް މަހުގެ ކުއްޖެކެވެ. އެކުއްޖާ މަރުވީ ނޭވާ ނުލެވިގެން އުޅުން އިރު ހޮސްޕިޓަލަށް ގެންދިޔައީވެސް މަގުމަތިން ދިޔަ ސައިކަލެއް ހުއްޓުވައިގެނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ. އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.