ހަބަރު

ކުޑަކުއްޖަކާ އެއް ޖިންސުން ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ޕޮލިސް އިންޓަލިޖަންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ 7:50 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 54 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް މާފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.