މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ހަތަރު ފުލުހަކަށް ގްރޫޕަކުން ހުރަސްއަޅައި އެ ފުލުހުންނަށް މިރޭ ހަމަލާދީފި އެވެ. އެކަން ކުރިކަމުގައި ތުހުމަތުގައި ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ، މިރޭ 9:00 އެހާކަން ހާއިރު، ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން މާފަންނުގެ ގެއެއް ފާސްކުރަން ފުލުހުން އެގެއަށް ވަންނަން އުޅުމުން ކަމަށެވެ. އަދި ފުލުހުން އެގެއަށް ވަންނަން އުޅުމުން ގްރޫޕަކުން ހުރަސް އަޅައި ފުލުހުންނަށް ހަމަލާދިން ކަމަށް ވެސް ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ފުލުހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ތަފްސީލް އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.