މޯލްޑިވްސް ޕޮލިސް ސާވިސް

ފިޔަވަތީގައި މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ

Oct 18, 2016
1

"ފިޔަވަތި" ގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެގެ މަރުވި ފަސް މަހުގެ ތުއްތު ފިރިހެންކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ފިޔަވަތީގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވި ފަސް މަހުގެ ފިރިހެން ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައިވާ ކަމަށާއި ޕޯސްޓްމޯޓަމް ހަދަން ނިންމީ އެކުއްޖާ މަރުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަގީގަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމަށް ތަހުގީގަށް ފެންނާތީ ކަމަށެވެ.

"ޕޯސްޓްމޯޓެމް ހެދުމާގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ފުލުހުންނާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ،" ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވަނީ މަރުވި ކުއްޖާގެ ހަށިގަނޑު ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ޓެސްޓްތައް ވެސް ހަދާފައެެވެ.