ދިވެހި ސިނަމާ

ގައުމީ ފިލްމު އެވޯޑްސް ޑިސެމްބަރު މަހު ބާއްވަނީ

Oct 20, 2016
1

މި އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޯ ދި އާޓްސް އިން ހުޅުވާލައިފި އެވެ.

މި އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ލިބެނީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު ނެރެފައިވާ ފިލްމުތަކަށެވެ. މި ފުރުސަތުގެ ސުންގަނޑި ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުގެ ދެ ގަޑި ސުންމިނެޓަށެވެ.

އެވޯޑަށް ވާދަކުރަން ބޭނުންވާ ފިލްމުތަކަށް ފުރަން ޖެހޭ ފޯމު ނެޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މިދިޔަ އަހަރު ކުލަގަދަކޮށް ބޭއްވި، ގައުމީ ފިލްމު އެވޯޑްސް ހާއްސަކޮށްފައި ވަނީ 2008 އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމަ އަށް ނެރެފައިވާ ފިލްމުތަކަށެވެ. އެ އެވޯޑްސް ހަފުލާގައި އެންމެ މޮޅު ފިލްމަކަށް ހޮވުނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ "ހެޕީ ބާތު ޑޭ" އެވެ.