ހަބަރު

ޕީޕީއެމްގެ އާންމު ޖަލްސާ އެންދެރިމާ ގޭގައި ބާއްވަނީ

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޕާޓީގެ ރައީސް މައުމޫންގެ ފެކްޝަނުން ބާއްވާ ޖަލްސާ އެންދެރިމާ ގޭގައި ބޭއްވުމަށް މައުމޫން ފެކްޝަނުން ނިންމައިފި އެވެ. އެ ގެއަކީ ރައީސް މައުމޫން ދިރިއުޅުއްވާ ގެއެވެ. ޖަލްސާ ބާއްވަނީ މި މަހުގެ 31 ގަ އެވެ.

މައުމޫން ފެކްޝަނުން މިރޭ ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި އެ ފެކްޝާންގެ ސްޕޯކްސް ޕާސަން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް ޖާގަ ނުލިބުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބާއްވަން ރާވާ ހައުސިން މިނިސްޓްރީއިން އެ ހުއްދައަށް އެދިފައިވާނެ ކަމަށެވެ.

ނަމަވެސް އެމްޑީއޭއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ބޭފުޅުން ތިއްބެވީ ރައީސް ޔާމީންގެ ފެކްޝަނާ އެއްކޮޅުގައި ކަމަށް ޑރ. މުހައްހަމދު މުއިއްޒު ވިދާޅުވުމުން ކާނިވާ ސަރަހައްދުވެސް ލިބޭނެ ކަމުގެ އުންމީދު ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަ ކުރާނީ އެންދެރިމާގޭ ތެރޭގައި ކަމަށާއި މާލޭގައި ތިއްބަވާ ހުރިހާ މެންބަރުންނަށް ދައުވަތު އަރުވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.