ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ސަރުކާރަށް އައްޔަންކޮށްފައިވާ ތިން މިނިސްޓަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މިއަދު އެ ޕާޓީއިން ވަކިވުމަށް ސިޓީ ފޮނުވާފައި ވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި އާޓްސް އެންޑް ހެރިތޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ހައުސިން އެންޑް އަބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު އެވެ.
އެ ތިން މިނިސްޓަރުން ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފައި ވަނީ ޕީޕީއެމް ރައީސް މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނިކޮށެވެ. ރައީސް މައުމޫން ވެސް ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް މަަސައްކަތް ފައްޓަވައިފަ އެވެ.