މޫނުގައި އަބަދުވެސް ފާޑު ފާޑުގެ ކްރީމްތަކާއި ސްކްރަބްތައް އުނގުޅަނީ އަންހެނުން ކަމަށް ދައްކާ ވާހަކައަކީ މުޖުތަމައުގައި އެންމެ ހަރުއަޑުން ދައްކާ ވާހަކައެވެ. ބޮޑަށް ގަބޫލުކުރެވިފައި އޮންނަނީވެސް އެކަހަލަ ގޮތަކަށެވެ. އެހެންކަމުން މޫނުމަތީގެ ހަންގަނޑަށް ސަމާލުކަން ދީ މޫނުމައްޗަށް ސަމާލުކަމެއް ގިނަ ފަހަރަށް ނުދެވެ އެވެ.
ނަމަވެސް މޫނު މަތީގައި ބިއްސެއް ނަގައިފިއްޔާ ކަންބޮޑުވެ އެވެ. މޫނުމައްޗަށް ސަމާލުކަން ނުދިން ނަމަވެސް ފިރިހެނުންގެ ހަންގަނޑުު އަބަދުވެސް އުމުރަށްވުރެ ޒުވާންކަމަށް ދައްކަނީ އެމީހުންގެ ހަންގަނޑު އަންހެނުންގެ ހަންގަނޑަށްވުރެ ބޯވީމަ ކަމަށް ސައިންސްވެރިން ވިދާޅުވެ އެވެ.
ދެން މިއޮތީ ފިރިހެނުން ސްކްރަބް ބޭނުންކުރަންޖެހޭ ވާހަކަ އެވެ. އެތައް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމައްޓަކައެވެ. ޒުވަންކަންމަތީ ދެމި ތިބުމަށެވެ. ކޮސްމެޓޮލޮޖިސްޓުން ވިދާޅުވަނީ އަންހެނުންނެކޭ އެއް ވަރަށް ފިރިހެނުންވެސް ފޭސް ސްކްރަބް ބޭނުންކޮށް މޫނުގެ ހަނގަނޑުގައި ހުންނަ ޑެޑް ސެލްތައް ނައްތާލައި ހަންގަނޑަށް އަޅާލަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ފޭޝަލް ސްކްރަބް ބޭނުންކުރުމަކީ އާންމުކޮށް ތުނބުޅި ބާލާ މީހުން ހާއްސަ ސަމާލުކަމެއް ދީގެން ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ސްކްރަބް ބޭނުންކުރުމަކީ ތުނބުޅި ބޭލުމަށް ހަންގަނޑު ތައްޔާރުވެސް ކޮށްދޭ ކަމެކެވެ. ތުނބުޅި ފަޅާއިރު އަދި ރޭޒާ ބާންތައްވެސް ފޭސް ސްކްރަބް ބޭނުންކުރަން ފެށުމުން ފިލާ މޫނުމަތި އޮމާންކޮށްދީ ރީތިކޮށްދެ އެވެ.
ފޭސް ސްކްރަބް ބޭނުންކުރާއިރު ބީޓާ ހައިޑްރޮކްސީ އެސިޑް ހުންނަ ސްކްރަބް އެއް ބޭނުންކުރާނަމަ މޫނުގައި ތިނަގާ ބިހިތަކަށް ނިމުމެއް އަންނާނެ އެވެ. މައިކްރޯ ފައިން ސްކްރަބްއެއް ބޭނުންކުރާނަމަ މޫނުމަތީގައި ހުންނަ ބިހިވަޅުތައް ނައްތާލައި ހަންގަނޑު އަލިކޮށްދީ ރީތިކޮށްލަދޭނެ އެވެ. ސްކަރަބް އިހްތިޔާރު ކުރާއިރު އެކްސްފޯލިއޭޓިން ސްކްރަބްއެއް ބޭނުންކުރަންވީ އެހެންވީމަ އެވެ.