ހަބަރު

އެމްޑީޕީގެ އަންހެން ސަޕޯޓަރުން ރައީސް އޮފީސް ކައިރީ އިހުތިޖާޖު ކޮށްފި

Mar 4, 2015

އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީގެ އަންހެން މެންބަރުންތަކެއް ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ހުށަހެޅުމަށް ރައީސް އޮފީސް ދޮށަށް ގޮސް އެ ތަނުގައި އިހުތިޖާޖުކޮށްފި އެވެ.

ކޮންމެ މީހަކު ސިޓީއެއް ހިފައިގެން ގޮސް ތިބި އިރު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތައް ދަނީ ބޭނުން ކުރަމުންނެވެ. ސިޓީ ހަވާލު ކުރުމަށް ފުރުސަތު ނުދިން ކަމަށް ބުނެ ރައީސް އޮފީސް ކުރިމަތީ އިށީނދެ ތިއްބާ ފުލުހުން އައިސް މިހާރު ވަނީ ހޮޓެލް ޖެންއާ ހިސާބަށް ފަހަަތަށް ޖައްސައި ރައީސް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ.

އިހުތިޖާޖު ކުރާ މީހުން ރައީސް އޮފީސް ކުރިމަތިން ފޮނުވާލަމުން ފުލުހުން ބުނީ މިއީ ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދެއް ކަމަށާއި އެހެންވެ އެ ހިސާބުގައި ދަތިވާ ގޮތަށް ހަޅުތާލު ނުކުރެވޭނެ ކަމަށެވެ.