މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބިއްލޫރި ޕެލެޓަކުންޖެހި މީހަކަށް އަނިޔާވެއްޖެ

Oct 22, 2016

އެމްޕީއެލް ސަރަހައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެއްގެ ގައިމައްޗަށް ބިއްލޫރި ޕެލެޓެއް ވެއްޓި އެމީހާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ އިރާކޮޅު އައި އެ ހާދިސާގައި މަޖޫރީއެއްގެ ގަޔަށް ބިއްލޫރު ޕެލެޓެއް ވެއްޓުނު ކަަމަށް ރިޕޯޓް ކުރި ކަމަށާއި އެކަން މިހާރު ބަަލަމުން ގެންދާ ކަމަށެވެ. އައިޖީއެމްއެޗުން ވެސް ބުނީ ބިއްލޫރި ޕެލެޓެއް ވެއްޓި ޖެހިގެން އަނިޔާވި މީހަކަށް އެ ހޮސްޕިޓަލުގެ އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެމީހާގެ ގައިގައި ޕެލެޓުން ޖެހުނީ މުދާ ހުސް ކުރުމުގެ މަސައްކަތުގައި އިތުރު މީހަކާއެކު ކޮންޓޭނަރެއްގެ ތެރޭގައި ހުއްޓާ ކަމަށް ވެއެވެ. ތިބި ދެ މީހުންގެ ތެރެއިން އެކަކަށެވެ. އެ މީހާއަށް ލިބުނު ޒަހަމްތަކާއި ގެއްލުމުގެ ތަފުސީލު މިހާތަނަށް އަދި ސާފުވާ ގޮތެއް ނުވި ނަމަވެސް ހާލު "އެންމެ ރަނގަޅު" ކަމަށް ވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވި އެވެ.

އުމުރުން 34 އެ މީހާއަށް ލިބުނު ގެއްލުންތައް ސާފުވާނީ މިހާރު ދެމުންދާ ފަރުވާއަށް ފަހު ޓެސްޓްތަކުގެ ނަޖީތާ ލިބުމުންނެވެ. އެމްޕީއެލް ސަރަހައްދުގެ މަސައްކަތުގައި މީގެ ކުރިންވެސް މިފަދަ އެކްސިޑެންޓުތައް ހިނގައި މީހުންނަށް އަނިޔާތައް ވެފައިވެ އެވެ.