ބޭރު ކުޅިވަރު

ޗައިނާގެ ކޯޗުކަމާ ހަވާލުވެ ލިއްޕީ އަލުން ދަނޑަށް

0%
0%
0%

ޗައިނާގެ ގައުމީ ޓީމާ ހަވާލުވެ އިޓަލީގެ ކޯޗު މާސެލޯނާ ލިއްޕީ އަލުން ދަނޑަށް ނުކުމެއްޖެ އެވެ.

އުމުރުން 68 އަހަރުގެ ކޯޗު ޗައިނާ ޓީމާ ހަވާލުމިވީ މީގެ ދެ އަހަރު ކުރިން ފުޓްބޯޅައިން ރިޓަޔާކޮށްގެން ހުރުމަށްފަހު އެވެ. އޭނާ 2014 ވަނަ އަހަރު ރިޓަޔާ ކުރީ ޗައިނާގެ ލީގު ތިން ވަނަ ފަހަރަށް ގުއަންޒޫ އަށް ހޯދައިދިނުމަށްފަހު އެވެ.

ލިއްޕީ އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށްދިން ކޯޗެވެ. އޭނާގެ ދިގު ކޯޗިން ކެރިއަރުގައި ލިއްޕީ ވަނީ ޗައިނާގެ އިޓާލިއަން ލީގު ފަސް ފަހަރު އަދި ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ.

ޗައިނާ މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 84 ވަނާގަ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގަ އެވެ. މިހެންވެ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕުން ޗައިނާ އަށް ޖާގަ ލިބުން ދުރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910