ވެސްޓް ބްރޮމް އަތުން ރޭ ބާސެލޯނާ 2-1އިން މޮޅުވި މެޗު އެއްވަރުވިނަމަ އެކަންވާނީ ބޮޑު ޖޯކަކަށް ކަމަށް ލިވަޕޫލުން ބުނެފި އެވެ.
ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ މެޗު ކާމިޔާބު ކުރެވޭ ވަރަށް އޭނާގެ ޓީމު ކުޅުނު ކަމަށާއި ކުޅުންތެރިންގެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ.
ސައީދޯ މާނޭ އާއި ފިލިޕް ކުޓީނިއޯ ޖެހި ގޯލުތަކުން ލިވަޕޫލް މޮޅުވި ނަމަވެސް މެޗުގެ ފަހު 10 މިނިޓްގައި ބައިކޮޅަށް ވަން ގޯލުގެ ސަބަބުން އެ ޓީމަށް ލިބިފަިވަނީ ތާވަލުގެ ދެ ވަނަ އެވެ. މި ސީޒަނުގައި ލިވަޕޫލް މޮޅުވަމުން ދިޔަ ނަމަވެސް ބައިކޮޅަށްދަނީ ގިނަ ގޯލުތަކެއް ވަންނަމުންނެވެ.
"ބައެއް ފަހަރު 3-0އިން މޮޅުވުމަށްފަހުވުރެ އަހަންނަށް މާރަނގަޅު 2-1އިން މޮޅުވީމަ. އެއީ އޭގެ ސަބަބުން މާބޮޑަށް އުފާވޭ. ފޯރި ވެސް އާދޭ. އަހަރެން ވެސް ހޭލައި ހުންނަން ޖެހޭ 2-1ގައި ނަތީޖާ އޮތީމަ. އަހަރުމެން ކޮޅަށް ވަން ގޯލާމެދު އަހަރެންގެ ޝަކުވާއެއްނެތް،" ކްލޮޕް ބުންޏެވެ.
މި މެޗުން މޮޅުވުމުން ލިވަޕޫލް 20 ޕޮއިންޓާއެކު ދެ ވަނާގައިވަނ އެއްވަނާގައިވާ އާސެނަލް އަށްވުރެ ފައިދާ އެންމެ ގޯލެއް މަދުވެގެންނެވެ. ލިވަޕޫލް ޓޭބަލުގެ ދެ ވަނަަ އަށް ދިއުމުގެ މައިގަނޑު ސަބަބަކީ އެ ޓީމަށްވުރެ ކުރީގައި ތިބި އާސެނަލް އާއި ޓޮޓެންހަމް ފުރުސަތު ނަގާލުމެވެ. އާސެނަލް ރޭ އެއްވަރުވީ މިޑްލްސްބަރާ އަތުން 0-0އިންނެވެ. ޓޮޓެންހަމް އެއްވަރުވީ ބޯނެމައުތާ ވާދަކޮށް ލަނޑެއް ނުޖެހި އެވެ. ނަމަވެސް ޗެމްޕިއަން ލެސްޓާ ސިޓީ ވަނީ ކްރިސްޓަލް ޕެލަސްގެ މައްޗަށް 3-1އިން ކުރި ހޯދައިފަ އެވެ.