ރާއްޖެ ކުޅިވަރު

ވިކްޓަރީގެ ޗެއާމަންކަން މެމްބަރު މުހައްމަދު އިސްމާއީލް އަށް

0%
0%
0%

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހަމަޖައްސައިފި އެވެ.

އޭނާ މިމަގާމަށް ހަމަޖެއްސީ މި އަހަރު ކުރީކޮޅު ޗެއާމަންކަމާ ހަވާލުވި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު މަގާމުން އިސްތިއުފާ ދެއްވިތާ ހަތަރު މަސްފަހުންނެވެ.

ވިކްޓަރީގެ އާއްމު ޖަލްސާ ބޭއްވި އިރެއް އެކުލަބުން ނުބުނެ އެވެ. ނަމަވެސް ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރިން ވަނީ އާއްމުކޮށްފަ އެވެ. މި ގޮތުން ބޯޑު މެމްބަރު ކަމަށް އަހުމަދު އަރީޝް (ޕަޓޭ) އަދި އަންހެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މަރިޔަމް މުހައްމަދު (މާޔަން) ވަނީ ބޯޑަށް ހޮވާފަ އެވެ.

މުހައްމަދު އިސްމާއީލް ރާއްޖޭގެ އެންމެ ޝަރަފުވެރި ކުލަބާ ހަވާލުވިއިރު ވިކްޓަރީ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ޓީމު އޮތީ ދިވެހި ޕްރެމިއާ ލީގުގެ ހަތް ވަނަ އަށް ދިއުމުން އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އޮތުމަށް ޕްލޭއޯފް ކުޅެން ޖެހިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910