ފަލަސްތީން

އިޒްރޭލުން އަނެއްކާވެސް ގާޒާ ބަންދުކޮށްފި

Oct 23, 2016

އިޒްރޭލުް ތިންވަ ފަހަރަށް ފަލަސްތީނުގެ ގާޒާ އާއި ހުޅަނގު އައްސޭރީގެ ސަރަހައްދުތައް ބަންދުކޮށްފި އެވެ. އިޒްރޭލުގެ ބާރުތަކުން ބަންދުކޮށްފައި ވަނީ އެ ސަރަހައްދުތައް ވަށައިގެނެވެ. އެއީ ޔަހޫދީންގެ މުނާސާބަތަކެއް ފާހަގަ ކުރުމަށް މާދަމާގެ ނިޔަލަށް ހިންގާ ހަރަކާތްތަކަށް މަގު ފަހި ކުރުމަށެވެ.

މި ހިސޯރާ ގުޅިގެން ފަލަސްތީނުން ބޭރަށް އަދި ބޭރުން ފަލަސްތީނަށް ވެސް ނުވަދެވޭނެ އެވެ.

އިޒްރޭލުގެ މި ހިސޯރާ ގުޅިގެން އެކަމާ ދެކޮޅު ހެދި ބައެއް މީހުން ވަނީ ހައްޔަރުކޮށް އަނިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ގާޒާގެ ބައެއް މީހުންނާއި ގައުމުން ބޭރުގެ ބައެއް މީހުން ހިމެނެ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ހިސޯރު ކުރިޔަށް ދިޔައިރު އެކަމަށް ދެކޮޅުހަދައި ކުރިމަތިލުމުންނެވެ.