ދުނިޔެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވެއްޖެ

Oct 24, 2016

ގަތަރުގެ ކުރީގެ އަމީރު، ޝައިހު ޚަލީފާ ބިން ހައްމާދް އަލް ސާނީ އަވަހާރަވެއްޖެ އެވެ. އަމީރު އަވަހާރަވީ އުމުރުފުޅުން 84 އަހަރުގަ އެވެ. ޝައިޚް ޚަލީފާ ބިން ހައްމާދް އަލް ސާނީ އަވަހާރަވުމާ ގުޅިގެން ގަތަރުގެ ޝާހީ ގަނޑުވަރުން ވަނީ ގައުމީ ހިތާމައިގައި ތިން ދުވަސް އިއުލާންކޮށްފަ އެވެ.

އަމީރު ވަނީ 1972 އިން 1995 ވަނަ އަހަރާއި ހަމަޔަށް ގަތަރުގެ ވެރިކަން ކުރައްވާފަ އެވެ.