ވިޔަފާރި

"ސޮނޭވާ ޖާނީން އަންހެން މުވައްޒަފުންނަށް މަރުހަބާ"

Oct 25, 2016
2
  • މުވައްޒަފުންގެ 25 ޕަސެންޓަކީ އަންހެނުން
  • 30 ޕަސެންޓް ހާއްސަ ކުރަން ބޭނުްވޭ
  • ޖާނީ އަންނަނީ އެންމެ ފުރިހަމަ ރިސޯޓުގެ ގޮތުގައި

ނ. މެދުފަރުގައި ސޮނޭވާ ގްރޫޕުން ހުޅުވާ "ސޮނޭވާ ޖާނީ" ރިސޯޓު މުވައްޒަފުންގެ 23 ޕަސެންޓަކީ އަންހެން މުވައްޒަފުން ކަމަށާ، ދިވެހި އަންހެން ކުދިން ވަޒީފާއަށް ނެރެން ބޭނުންވާ ކަމަށް، ޗެއާމަން ސޯނޫ ޝިދްވަސާނީ ވިދާޅުވެއްޖެ އެވެ.

ސޮނޭވާ ގްރޫޕުން މި މަހު ހުޅުވާފައިވާ ސޮނޭވާ ޖާނީ ރިސޯޓާ ބެހޭ ގޮތުން ޓެލެގްރާފަށް ދެއްވި އިންޓަވިއުއެއްގައި އިންޑިޔާގެ ބިލިޔަނަރު ސޯނޫ ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެވިދާނެ އެތައް ހުނަރުވެރި އަންހެން ކުދިން އެބަތިބި ކަމަށާއި، އެ ކުދިންނަށް ފުރުސަތު ދެއްވަން ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ 23 ޕަސެންޓަކީ އަންހެން މުވައްޒަފުން ކަމަށާއި، އޭނާ ބޭނުންފުޅުވަނީ މި އަދަދު 30 ޕަސެންޓަށް އިތުރު ކުރުމަށް ކަމަށެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އެންމެ ޒަމާނީ ހިދުމަތްތަކާއެކު އަންހެން މުވައްޒަފުނަށް މުޅިން ވަކިން އެކޮމޮޑޭޝަން ބްލޮކެއް ވެސް ގާއިމް ކޮށްފައިވާ ކަމަށް ސޯނޫ ވިދާޅުވި އެވެ.

"ސޮނޭވާ ޖަނީ" އަކީ މުޅިންއާ ކަންތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކޮށްފައިވާ ހިތްގައިމު ރިސޯޓެކެވެ. މި ރިސޯޓުގައި 24 މޫދު ކޮޓަރީގެ މި ރިސޯޓުގައި އައުޓްޑޯ ސިނަމާ އާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަަހައްދެއް ވެސް އޮވެ އެވެ. މި ރިސޯޓުގެ ވިލާތަކުގެ ތެރޭގައި ހިމެނޭ 13 ވިލާއަކީ އެއް ކޮޓަރީގެ ތަންތަނެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ އެންމެ މަތީ ފަންތީގައި ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްލެވޭ ފެންވަރަށެވެ.

ސޮނޭވާ ގްރޫޕުން ނ. އަތޮޅުގެ އިތުރުން ބ. އަތޮޅުގައި ވެސް ފުރިހަމަ ރިސޯޓެއް ހިންގަމުންދެ އެވެ. މި ފުރިހަމަ ރިސޯޓު ތަރައްގީކޮށްފައިވަނީ އިންޑިޔާ އާއި އިނގިރޭސިވިލާތައް ނިސްބަތްވާ މަހުޖަނު ސޮނޫ އެވެ. ކުރީގެ ނަމުންނަމަ ކުންފުނަދޫގައި މީގެ 20 އަހަރު ކުރިން ސޯނޫ އާއި އޭނާގެ އަންހެނުން ސުވިޑަންގެ ކުރީގެ ސުޕަ މޮޑެލް އީވާ ހެދި މި ރިސޯޓާއެކު ސޯނޫގެ ވިޔަފާރި ރާއްޖޭގައި ފެށިގެން އައުމުގެ މަގެވެ.