ބޭރު ކުޅިވަރު

ޔުނައިޓެޑް ބަލިވުމުން، ކުޅުންތެރިން އުޅުނު ގޮތުން ގިގްސް ފާޑުކިޔައިފި

އިބްރަހިމޮވިޗް (ކ) ދަނޑުން ފައިބަވުމުން ހަޒާޑާ ސަލާމްކުރަނީ
0%
0%
0%

އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީ އަތުން 4-0އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުޅުން ހުރި ގޮތުން އެކުލަބުގެ ކުރީގެ ކެޕްޓަން ރަޔަން ގިގްސް ފާޑުކިޔައިފި އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އަދި ފަހުން ކޯޗިން ޓީމުގައި މަސައްކަތްކޮށް 29 އަހަރު ޔުނައިޓެޑުގައި ހޭދަކުރި ގިގްސް ހިތްހަމަނުޖެހުނީ މެޗަށް ފަހު ކުޅުންތެރިންގެ ކިބައިން ދެވެފައިވާކަން ނުފެނުމުންނެވެ.

ޓީމުގެ އެންމެ އިސްފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ދަނޑުން ފޭބީ ހެވިފައިހުރެ އެވެ. އަދި ޗޭންޖިން ރޫމަށް ދިއުމުގެ ކުރިން ޗެލްސީގެ އެޑެން ހަޒާޑާ ސަލާމްކޮށް ޖާޒީ ބަދަލުކުރި އެވެ. އަނެއް ފޯވަޑް އެންތަނީ މާޝިއަލް ދަނޑުން ފޭބީ ޗެލްސީ އަށް ކުޅޭ އޭނާގެ ގައުމުގެ ކުޅުންތެރިޔާ އަދި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖެހި އެންގޯލޯ ކާންޓޭގެ ކޮނޑަށް އަތްވައްޓާލައިގެން ހުރެ އެވެ.

ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ މާޝިއަލް އާއި ކާންޓޭ (ވ)

"މެޗަކުން ބަލިވެދާނެ. އެކަމަކު ބަލިވީމަ ޖާޒީ ބަދަލުކޮށް ހެދުން ފަދަ ކަންތައްތަކަކީ އަހަރެން ގަޔާވާ ކަންތައްތަކެއްނޫން.މެޗުން 4-0އިން ބަލިވީމަ މިއީ ކުރަން ނުޖެހޭ ކަންތައްތައް. މިވަރުގެ ނަތީޖާއަކުން ބަލިވީމަ އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާފައި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައި ދާންވީ ޗޭންޖިން ރޫމަށް،" ޔުނައިޓެޑުގައި 17 ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކުރި ގިގްސް ބުންޏެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޮޗު ހޮސޭ މޮރީނިއޯ ވެސް ހުރީ ހިތްހަމަނުޖެހި އަދި ލަދުގެންފަ އެވެ. އޭނާ ބުނީ ހާފް ޓައިމްގައި ނަތީޖާ 2-1އިން ބަދަލުކުރަން ނަސޭހަތްދިން ކަމަށާއި އެކަން ކުރެވިއްޖެނަމަ މެޗު ބަދަލުވެގެންދާނެކަން ކުޅުންތެރިންނަށް ވިސްނައިދިން ކަމަށެވެ. ނަމަވެސް އަމިއްލަ މިސްޓޭކްތައް ގިނަވެ ތިން ވަނަ ލަނޑަކާއި ހަތަރުވަނަ ލަނޑެއް ޖެހުމުން މެޗަށް ފަހު މޮރީނިއޯ ބުނީ އިތުރަށް 10 މިނިޓް ކުޅުނުނަމަ ފަސް ވަނަ ލަނޑެއްވެސް އޭނާގެ ކުރީގެ ޓީމުން ޖަހާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910