ޕާކިސްތާން

ޕާކިސްތާންގެ ފުލުސް އެކަޑެމީއަކަށް ހަމަލާދީ 60 މީހުން މާރާލައިފި

Oct 25, 2016
1

ޕާކިސްތާންގެ ބެލޫޗިސްތާންގެ ކްއިޓާގައި ހުންނަ ޕޮލިސް އެކެޑެމީއަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 60 މީހުން މަރުވެ 118 މީހުން ޒަހަމް ވެއްޖެ އެވެ.

ހަމަލާގެ ޒިންމާ ލަޝްކަރީ ތޮއިބާ ގުރޫޕުން ވަނީ އުފުލާފަ އެވެ. ފުލުހުންނަށް ޓްރެއިނިން ދޭ މި އެކެޑެމީގައި ހަމަލާ ދިން އިރު ފުލުހުންގެ ކެޑޭޓް ގުރޫޕްގެ 700 ފުލުހުން ދިރިއުޅެމުން ދިޔައެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީވެސް ފުލުހުންނެވެ. ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު ފުލުހުން މަރާލަފައިވާއިރު، އަނެއް ދެމީހުން މަރުވީ ބޮމެއް ގޮއްވާލަން އުޅެނިކޮށް އެއިން ކެމިކަލް ބޭރުވުމުންނެވެ.

ކްއިޓާގެ ފުލުހުންގެ އެކެޑެމީއަށް މިހަމާ ދީފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި ހަމަލާ ބަދަލު ކުރުންތައް މިއަދުގެ ވަރަށް ކުރީ ކޮޅުގެ ވަގުތަކާ ހަމަޔަށް ކުރިއަށް ދިޔަކަމަށް ޕާކިސްތާންގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ޓެރަރިސްޓުންގެ ފަހެއް ނުވަތަ ހަ މީހުން އެކެޑެމީ އަށް ވދެގެން ދިޔަ، އެމީހުން ދިޔައީ ސީދާ ކެޑޭޓުން ދިރިއުޅޭ ހޮސްޓެލްއަށް، އެމީހުން ވަނީ ހޮސްޓެލް ވަށާލާފައި،" ޕާކިސްތާންގެ ސިފައިންގެ އޮފިޝަލަކު ވިދާޅުވިއެވެ.