ވިޔަފާރި

ސަޓާ އެވޯޑަށް މައުންޓް ލެވީނިޔާ ހޮޓަލުން ހާއްސަ އަގެއް

Oct 25, 2016

ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ސްރީލަންކާއަށް ދާ މީހުންނަށް މައުންޓް ލެވީނިޔާ ހޮޓަލުން ހާއްސަ އަގެއް ތައާރަފުކޮށްފި އެވެ.

ދެ ގަރުނުގެ ދިގު ތާރީހެއް އޮތް މައުންޓް ލެވީނިޔާ ހޮޓަލުން ބުކިން ހައްދާއިރު، ޕްރޮމޯޝަން ކޯޑްގެ ގޮތުގައި ސަޓާ ޖެހުމުން ހާއްސަ އަގު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ބްރެކްފާސްޓާއެކު ކޮޓަރިއެއްގެ އަގު، ރެއަކާ ދުވާލަށް 109 ޑޮލަރަށް ލިބޭނެ އެވެ.

އެވޯޑު އޮތީ އަންނަ މަހުގެ 15 އިން 16 ސްރީލަންކާގެ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ. ސަޓާ އެވޯޑަށް 273 ފަރާތެއް ވަނީ ނޮމިނޭޓް ކޮށްފަ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ.

މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.