ރާއްޖެ ކުޅިވަރު

ނިއުއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ބީޖީ

0%
0%
0%

އެފްއޭކަޕް ކުއާޓާ ފައިނަލުގައި ނިއުރޭޑިއަންޓާ ވާދަކުރާނެ ޓީމަކަށް ބީޖީ ސްޕޯޓްސް ކުލަބު ހޮވިއްޖެ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުލަށް ދިއުމުން އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ޖެހިފައިވާ ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ވޭރު ސްޕޯޓްސް 8-0އިން ބަލިކޮށްފަ އެވެ.

ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ވާދަކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. އޭގެ ކުރިން ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ފުރަތަމަ ޑިވިޝަނުގެ ޔުނައިޓެޑް ވިކްޓަރީ އާއި ތިން ވަނަ ޑިވިޝަނުގެ ހުޅުމާލޭ ޔުނައިޓެޑް މިރޭ ވާދަކުރާނެ އެވެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ އެވެ.

ކުއާޓާ ފައިނަލުގައި ދިވެހި ލީގުގެ ދެ ވަނަ ޓީމު ޓީސީ ވާދަކުރާނީ ތިން ވަނަ ހޯދި އީގަލްސްއާ އެވެ. އަދި ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ވިކްޓަރީ އާއި ވެލެންސިއާ ވާދަކުރާ ގޮތަށް ހަމަޖެހުނީ މުބާރާތުގެ ގުރު ނެގި ދުވަހު އެވެ.

މި އަހަރު އެފްއޭކަޕް މިބާއްވަނީ އެއްއަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910