ރާއްޖެ ކުޅިވަރު

މާޒިޔާ އަތުން ބީޖީ މުހިންމު ޕޮއިންޓެއް ހޯދައިފި

ފަހަތުން އަރައި ޗެމްޕިއަން މާޒިޔާއާ 2-2އިން އެއްވަރުކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުލުގައި އޮތް ބީޖީ މުހިންމު ޕޮއިންޓެއް ހޯދައިފި އެވެ.

މެޗު އެއްވަރުކޮށްގެން ލިބުނު ޕޮއިންޓާއެކު ބީޖީ 13 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއީ ހަތް ވަނާގައިވާ ވިކްޓަރީއާ ތިން ޕޮއިންޓް މަދުއަދަދެކެވެ. މިހެންވުމުން ލީގު ނިމޭއިރު ރެލިގޭޓްނުވެ ސަލާމަތްވުމަށް ބީޖީ އަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްލިބިފަ އެވެ. ލީގުގެ ފަހު މެޗުގައި ވާދަކުރާނީ ވިކްޓަރީ އާއި ބީޖީ އެވެ. އެންމެ ފުލަށް ދާ ޓީމު ރެލިގޭޓްވާއިރު ހަތް ވަނަ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއެކު ޕްލޭއޯފް މެޗެއް ކުޅޭށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބުދުﷲ އާއި ފަހު ހާފުގައި އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. ބީޖީ އަށް ސުން ކަނޑުވައިދިނީ އިބްރާހީމް ޝިޔާމް (ކުޑަތޮއްޑޫ) އެވެ. އެއްވަރުވީ ލިބުނު ޕެނަލްޓީއަކީ ކިންގްސްލީ ޖެހި ގޯލުންނެވެ.

މި މެޗަށް ނުކުތްއިރު ވެސް މާޒިޔާ އޮތީ 43 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. އެ ޓީމުގެ މިހާރުގެ ޖުމުލަ އަކީ 44 އެވެ.

ލީގުގައި މިރޭ ކުޅޭނީ ހަތަރުވަނާގައިވާ ވެލެންސިއާ އާއި ފަސް ވަނާގައިވާ ޔުނައިޓެޑް ވިކްޓަރީ އެވެ.