އިނގިރޭސީ ލީގު ކަޕްގައި ރޭ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އުފާފާޅު ކުރަމުން މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި އިރު 0-2 އަކުން ރެޑިންގެ ބަލިކޮށްގެން މިވަގުތު ވަރަށް ފޯމްގައި އޮތް އާސެނަލް ވެސް ކްއާޓާ ފައިނަލް ދަތުރުކޮށްފި އެވެ. -- ރޭ ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލާއި ޓޮޓެންހަމްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު މެޗުގައި ލިވަޕޫލަށް ދެ ހާފުގައި ދެ ލަނޑު ޖަހައި ދިނީ ޑެނިއަލް ސްޓަރީޖެވެ. ލިވަޕޫލްގެ ދަނޑުގައި ޓޮޓެންހަމް އަށް ލަނޑު ޖަހައި ދިނީ ޔެންސަން އެވެ. އެ ލަނޑު ކާމިޔާބު ކުރީ ލިބުނ ޕެނަލްޓީއެއް ވައްދާލައިގެނެވެ.
މި މެޗުން ލިވަޕޫލް މޮޅުވި އިރު ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުތައް ޓޮޓެންހަމް އަށް ދެ ހާފުގައި ވެސް ލިބި ބޭކާރުވެފައި ވެއެވެ.
ރެޑިންގެ މައްޗަށް އާސަނަލް ގަދަވި އިރު އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޗެމްބަލައިން އެވެ. ލީގް ކަޕްގައި މިރޭ ވެސް ފޯރިގަދަ މެޗްތައް ކުޅޭނެ އެވެ. ކްއާޓާފައިނަލްގެ ގުރު އެނގޭނީ މިރޭގެ މެޗްތަކަށް ފަހު އެވެ.