ޕީޕީއެމްގެ ކޯޅުންތައް

ޕީޕީއެމްގެ މައްސަލާގައި މައުމޫން އީސީ އާއި އެޗްއާރްސީއެމްއަށް

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ކޯޓުން އަމުރުކުރުމުން ޕާޓީގެ އާންމު މެންބަރުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަން ކޮމިޝަން (އީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް މައުމޫން އީސީއަށާއި އެޗްއާރްސީއެމްއަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް މުސްތަޝާރުގެ ރިޔާސަތުގެ ދަށުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ހިންގުން އެއްވެސް މުއްދަތެއް ނެތް ގޮތްތެއްގައި މުސްތަޝާރާ ހަވާލުކޮށްފައިވާތީ، ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު މިހާރު އަދާކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން ކަމަށެވެ.