ވިޔަފާރި

ހަތަރު ސަބަބަކާހުރެ ފީލް ސްރީލަންކާއަށް ދާންޖެހޭ!

Oct 26, 2016
1
  • އެގްޒިބިޝަން އޮތީ މިމަހުގެ 27 ގައި
  • ދަރުބާރުގެ އެކި މާލަމްތަކުގައި ކުރިއަށްދާނެ
  • ވިޔަފާރީގެ ގިނަ ފުރުސަތުތައް ހުޅުވިފައި

"ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން" މާދަމާ ފަށާނެ އެވެ. ދަރުބާރުގައި 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ފެއާއަކީ އަވަށްޓެރި ސްރީލަންކާ އިން ލިބެންހުރި ހުރިހާ ހިދުމަތެއް ޝޯ ކޭސް ކުރާނެ ފެއާއެކެވެ. ތިރީގައި އެވަނީ ފީލް ސްރީލަންކާ އެގްޒިބިޝަންއަށް ދާން ޖެހޭ ހަތަރު ސަބަބެވެ.

ތައުލީމީ ފުރުސަތުތައް ނަން ހުސްކޮށް

އަވަށްޓެރި ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގިނަ ކުދިން މަތީ ތައުލީމް ހާސިލް ކުރާ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ލަންކާގައި 4000 އެއްހާ މީހުން ދިރިއުޅެވެ. އަދި ގިނަ މީހުން ދިރިއުޅެނީ ތައުލީމް ހާސިލް ކުރާށެވެ. މި އެގްޒިބިޝަންގައި މަތީ ތައުލީމްގެ ގިނަ ފުރުސަތު ތަކާއެކު ސްރީލަންކާގެ ގިނަ ޔުނިވާސިޓީ ކޮލެޖުތަކުން ބައިވެރިވާނެ އެވެ. މިއީ ހަމަޔަގީނުން ވެސް ތައުލީމް ހާސިލް ކުރާ ކުދިންނަށް ރާއްޖޭގައި ތިބެގެން ކޯސްތަކުގެ މައުލޫމާތު ލިބުން ވެގެންދާނީ ބޮޑު ފަސޭހަ އަކަށެވެ.

ހިލޭ ހެލްތް ޗެކަޕް - ހެލްތް އެންޑް ބިއުޓީ އެކްސްޕޯ

ސްރީލަންކާއަކީ ބޭސް ފަރުވާއަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ. ހާއްސަކޮށް ލަންކާގެ ގިނަ ހޮސްޕިޓަލްތަކުގައި އެންމެ މަތީ ފަންތީގެ ބޭސް ފަރުވާ ލިބުން ވެގެން ދަނީ ދިވެހިންނަށް މި ގައުމު ހާއްސަވާ އެއް ސަބަބެވެ. އެހެންވެ މި އެގްޒިބިޝަން ރާވާފައިވަނީ ބޭސް ފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް މި ފުރުސަތު ލިބޭ ގޮތަށެވެ. މީގެ އިތުރުން ޒީނަތްތެރިވުމަށް ބޭނުންވާ ގިނަ ސާމާނު ތަކާއެކު "ހެލްތް އެންޑް ބިއުޓީ" އެކްސްޕޯއެއް ވެސް އޮންނާނެ އެވެ. މިގޮތުން މި އެގްޒިބިޝަން ރާވާފައިވަނީ ބައެއް ކުދިކުދި ހެލްތް ޗެކަޕްތައް ދަރުބާރުގެއަށް ގޮސް ކޮށްލެވޭ ގޮތަށެވެ.

ފުޑް ފެސްޓިވަލް - މައި ފޭވަރިޓް ސްރީލަންކަން ފުޑް

ސްރީލަންކަން ފުޑް ނުވަތަ ސްރީލަންކާގެ ކެއުން ބުއިމުގެ ބާވަތްތަކަކީ ގިނަ ބައެއްގެ ފޭވަރިޓެވެ. ހާއްސަކޮށް "ކޮއްތު" އާއި "އާއްޕަން" އަކީ ގިނަ ރަހަތައް ފާހަގަ ކޮށްލަން ޖެހެ އެވެ. ފޮނި ކާތަކެއްޗަކީ ވެސް ސްރިލަންކާގެ ފުޑްގެ ތެރޭގައި އެންމެ މަގުބޫލު އެއް ތަކެއްޗެވެ. މި އެގްޒިބިޝަންގެ ތެރޭގައި ބާއްވާ ފުޑް ފެސްޓިވަލްއަކީ އެންމެ ގިނަ މީހުން ފާހަގަ ކުރެވޭ އެއް އިވެންޓަށްވާނެ އެވެ.

ޓްރޭޑް އެންޑް އިންޑަސްޓްރީ އެގްޒިބިޝަން

ފީލް ސްރީލަންކާ އެގްޒިބިޝަންގެ ތެރޭގައި "ލަންކާގެ 100 އެއްހާ ބިޒްނަސް ޕާޓްނަރުންނާ" އެކު ޓްރޭޑް އެންޑް އިންޑަސްޓްރީ އެގްޒިބިޝަނެއް އޮންނާނެ އެވެ. ފީލް ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރާއްޖޭގެ 60 ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.

ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން ބާއްވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިތުރުން ސްރީލަންކާ އެމްބަސީ އާއި ސްރީލަންކާ-ރާއްޖެ ބައިލެޓަރަލް ބިޒްނަސް ކައުންސިލް ގުޅިގެންނެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކޮށްފައިވާ ލަންކާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޓިކެން ސްޕެންސްގެ ކޮންވެންޝަން އެންޑް އެގްޒިބިޝަން އާއި ރާއްޖޭގެ އޭސް އޭވިއޭޝަން އިން ބާއްވާ މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެއިޓްކަން ސްޕެންސްގެ އެންމެ ފަހުގެ އުފެއްދުންތައް ފެންނާނެ އެވެ.

ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަންގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.