ވިޔަފާރި

ހަސަން މެރިން އިން މާކިއުރީ ޕޯޓަބަލް އިޔާ އެންޑް ސޭލް ފަށައިފި

Oct 26, 2016

ހަސަން މެރިން އިންޖިނިއަރިން އިން މާކިއުރީ ޕޯޓަބަލް އިޔާ އެންޑް ސޭލް ފަށައިފި އެވެ.

މާކިއުރީ އައުޓްބޯޑް އިންޖީނު ވިއްކާ ހަސަން މެރިން އިންޖިނިއަރިން އިން ބުނީ އިޔާ އެންޑް ސޭލްގައި 3.3 ހޯސް ޕަވަރުން ފެށިގެން 30 ހޯސްޕަވާގެ އައުޓްބޯޑް އިންޖިނުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދަނީ މި އަހަރުގެ ނިޔަލަށެވެ.

ހަސަން މެރިން އިންޖިނިއަރިންއިންގެ ސޭލްސް މެނޭޖަރު އާދަމް ޔައިސް ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން ދޭން ނިންމާފައިވާ ޑިސްކައުންޓަކީ އެހެން ކުންފުނިތަކުން އަދި މިހާތަނަށް ނުދޭވަރުގެ ވަރުގެ ބޮޑު ޑިސްކައުންޓަކަށް ވާނެ ކަމަށެވެ.

"ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަމާޒުވެފައި ވަނީ ޕޯޓެބަލް އިންޖީނުތަކަށް. މިއީ 15 ފޫޓާއި 20 ފޫޓާ ދެމެދުގެ ޑިންގީ ތަކުގައި ބޭނުންކުރެވޭ އިންޖީނުތަކެއް،" ޔައިސް ވިދާޅުވި އެވެ.

ހަސަން މެރިން އަކީ، މާކިއުރީ އިންޖީނާއި، އެ އިންޖީނުގެ ސްޕެއާ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ.